ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސާދު އެހެން ދިމާލަކަށް އަނބުރާލުމަށް ޓްރާންޝިޕްމަންޓް ބަނދަރެއް ތަރައްގީ ކުރަން ޖެހޭ: އިކޮނަމިކް މިނިސްޓަރ

އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިގްތިސާދު ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާއަށް ބޮރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެންނަން ކުރާ މަސައްކަތުގެ ދަށުން ރާއްޖޭގައި  ޓްރާންޝިޕްމަންޓް ބަނދަރެއް ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ އަމާޒެއް ކަމަށް އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ. 

ކޯވިޑް-19އާ ގުޅޭގޮތުން މަޖިލީހަށް ހުށައަޅާފައިވާ މައްސަލައިގެ ތެރެއިން ކޮމިޓީއަށް ފޮނުވާފައިވާ ކަންކަމާއި ގުޅޭގޮތުން މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ ހަގީގަތުގައި ރާއްޖޭގައި ޓްރާންޝިޕްމަންޓް ބަނދަރެއް ތަރައްގީކުރަން ލަސްވެސް ވެއްޖެ ކަމަށެވެ. ހާއްސަކޮށް ަވައްޓެރި ގިނަ ގައުމުތަކުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ތަރައްގީކޮށް ހިންގަމުން ދިއުމަކީ ވެސް އެފަދަ ބަނދަރެއް ތަރައްގީކޮށްގެން ހިންގަން ރާއްޖެއަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ. 

ނަމަވެސް ދިވެހިރާއްޖޭގެ އިގްތިސާދު އެހެން ދިމާލަކަށް އަނބުރާލުމަށް މަސައްކަތްކުރާއިރު ޓްރާންޝިޕްމަންޓް ބަނދަރެއް ތަރައްގީކޮށް ހިންގުން އެއީ ކޮންމެހެް ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ވިދާޅުވީ އަވައްޓެރި ގައުމުތަކުން  ޓްރާންޝިޕްމަންޓް ބަނދަރުތައް ތަރައްގީކޮށް ހިންގި ނަމަވެސް ދިވެހިރާއްޖެއަށް އެކަން ކުރެވޭނެ ކަމަށާއި އަދި އެކަން ކުރަން ޖެހޭނީ ގިނަ ހިދުމަތްތަކެއް ބަނދަރުން ލިބޭނެ ގޮތަށް ބަނދަރު ތަރައްގީ ކޮށްގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

އެގޮތުން ބަންކަރިން ސާވިސްއާއި ތެޔޮ ރައްކާ ކުރުމާއި އަދި ޝިޕް މަރާމާތު ކޮށްދިނުން ފަދަ ހިދުމަތްތަކާއި އެކު ރާއްޖޭގައި ޓްރާންޝިޕްމަންޓް ބަނދަރެއް ތަރައްގީ ކުރެވިއްޖެނަމަ ރާއްޖެއަށް ފައިދާތަކެއް އިގްތިސާދީ ގޮތުން ވެސް ކުރާނެ ކަމަށާއި އެއީ ދުރުރާސްތާއަށް ވިސްނައިގެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި މިނިސްޓަރ ފައްތާޒް ފާހަގަ ކުރެއްވިއެވެ. 

ފައްޔާޒް ވިދާޅުވީ ރާއްޖޭގައި ޓްރާންޝިޕްމަންޓް ބަނދަރެއް ތަރައްގީ ކުރުމަކީ ދައުލަތަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ކުރެވޭނީ ފޮރުން އިންވެސްޓަރުން އެކަމަސް ޝައުގުވެރި ކުރުވައިގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެކަން ކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅެމުންދާކަން ވެސް މިނިސްޓަރ ފައްތާޒް ފާހަގަ ކުރެއްވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: