ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިހުތިރާމް ކުރުމުގެ ސަގާފަތެއް ބިނާކުރުމަށް ފަސް އަހަރުގެ ގައުމީ މަޝްރޫއެއް ހިންގަނީ!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމް ކުރުމުގެ ރިވެތި އާދަ އަށަގެންނެވުމުގެ މަގްސަދުގައި ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ހާއްސަ ގައުމީ މަޝްރޫއެއް ފެށުމަށް ސަރުކާރުން ނިންމައިފިއެވެ.

މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިއީ މުޖުތަމައުގެ ހަމަޖެހުމާއި އެއްބައިވަންތަކަމަށްޓަކައި ސަރުކާރުން ނުހަނު އިސްކަމެއް ދީގެން ފަށާ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މި މަޝްރޫއު އެކުލަވާލުމަށްޓަކައި ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ކަރުދާހަށް ރުހުން ލިބި، މަޝްރޫއު ރަސްމީކޮށް ފާސްކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫއު އެކުލަވާލާފައިވަނީ މަދަނީ ޖަމިއްޔާތަކާއި ކަމާގުޅުންހުރި ގިނަ ފަރާތްތަކަކާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ފަހުގައެވެ. އަދި މަޝްރޫއު ހިންގާނެ ދުރުރާސްތާ ޕްލޭނަކާއި، އެކަމަށް ބޭނުންވާ ބަޖެޓުގެ އިތުރުން ޓައިމްލައިންތައް ވެސް މިހާރު ވަނީ ފުރިހަމައަށް އެކަށައަޅައި ނިމިފައެވެ.

މި މަޝްރޫއަކީ ހަމައެކަނި ދައްކާލާ ވާހަކައެއް ނޫން. މިއީ މުޖުތަމައުގެ އިޖުތިމާއީ ފޭރާން ރަނގަޅުކުރުމަށްޓަކައި ވަރަށް ސީރިއަސްކަމާ އެކު އަޅުގަނޑުމެން ކުރިއަށްގެންދަން ބޭނުންވާ ކަމެއް

މީގެއިތުރުން، ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި މިފަދަ ގައުމީ މުހިންމު މަސައްކަތެއް ފެށުމުގައި ރާއްޖޭގެ ހުރިހާ ދާއިރާއެއްގެ އެއްބާރުލުން ހޯދުމަށް ސަރުކާރުން މަސައްކަތް ކުރި ނަމަވެސް، އިދިކޮޅު ސިޔާސީ ޕާޓީތަކުން މި މަޝްވަރާތަކުގައި ބައިވެރިވެފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: