ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ނުފޫޒެއް ނެތި ފައިދާގައި ހިނގަނީ ސަރުކާރުގެ ބާރު ނުފޯރާތީ، ހިއްސާ ގަތުން ގޯސް: ނަޝީދު

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުގެ ހިއްސާ އިތުރަށް ގަތުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ބޭކާރު ހަރަދެއްކަމަށާއި، އެ ކުންފުންޏަށް ސިޔާސީ ނުފޫޒު ނުފޯރަނީ ޕްރައިވެޓައިޒް ކޮށްފައިވާތީކަމަށް އެމްޑީޕީގެ ޗެއާޕާސަން، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މި ނިންމެވުން ހާމަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ދިރާގަކީ ދައުލަތުގެ މުހިންމު ހަރުމުދަލެއްކަމަށާއި އެ ކުންފުނީގެ ހިއްސާ އިތުރުކުރަން ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ ލާބައަށްކަމަށެވެ.

އެ ނިންމެވުމާއި ގުޅޭގޮތުން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ސިޔާސީ ނުފޫޒާއި ބާރުތަކުން އެއްކިބާވެ، ފައިދާވާ ހަމައެކަނި ކުންފުންޏަކީ ދިރާގު ކަމަށެވެ. އަދި އެކަން އެގޮތަށް ދެމިއޮތީ އެ ކުންފުނީގެ މެޖޯރިޓީ ހިއްސާ ސަރުކާރުގެ އަތުގައި ނެތުމުންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެންކަމުން މި ދަނޑިވަޅުގައި އެ ކުންފުނީގެ އިތުރު ހިއްސާ ހޯދަން ދައުލަތުގެ ބަޖެޓުން ހަރަދުކުރުމަކީ ބޭކާރު ކަމެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވި އެވެ.

އެންމެ ފުރަތަމަ ސަރުކާރުގެ 55 އިންސައްތަ އަދި އިނގިރޭސިވިލާތުގެ ކޭބަލް އެންޑް ވަޔާލެސްގެ 45 އިންސައްތަ ހިއްސާއާއެކު އުފެއްދި ދިރާގުގެ މެޖޯރިޓީ ސަރުކާރަށް ގެއްލުނީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. އެގޮތުން 2009 ވަނަ އަހަރު ސަރުކާރުން ވަނީ ހަތް އިންސައްތަ ހިއްސާ 40 މިލިއަން ޑޮލަރަށް ކޭބަލް އެންޑް ވަޔާލެސްއަށް ވިއްކާލައި، ސަރުކާރުގެ ހިއްސާ 48 އިންސައްތައަށް ދަށްކޮށްފައެވެ. އަދި އޭގެ ފަހުން 2011 ގައި އާންމުންނަށް 6.2 އިންސައްތަ ހިއްސާ ވިއްކައި، އެ ކުންފުނި ވަނީ ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށްފައެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ހިސާބުތަކަށް ބަލާއިރު، 12 ބިލިއަން ރުފިޔާގެ މާކެޓް ކެޕިޓަލައިޒޭޝަންއާއި އެކު ރާއްޖޭގެ އެންމެ އަގުބޮޑު ކުންފުންޏަކީ ދިރާގެވެ. މިދިޔަ އަހަރު 2.8 ބިލިއަން ރުފިޔާގެ ބޮޑު އާމްދަނީއެއް ހޯދައި، ސާފު ފައިދާގެ ގޮތުގައި 949 މިލިއަން ރުފިޔާ އެ ކުންފުނިން ރެކޯޑުކޮށްފައިވާއިރު، 2013 ވަނަ އަހަރު ކޭބަލް އެންޑް ވަޔާލެސް އިން ހިއްސާ ބަދަލުކުރި ފަހުން ދިރާގުގެ މެޖޯރިޓީ ހިއްސާދާރެއްގެ ގޮތުގައި އޮތީ ބަހުރެއިންގެ ބިޔޯން (ކުރީގެ ބަޓެލްކޯ) އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: