ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޒާރަކާއެކު އެޗްޕީއޭގެ ވެބްސައިޓު ހެކްކޮށްފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ފެތުރިފައިވާ މި ހާލަތުގައި ސަރުކާރުން ކުޅެނީ ”ސިޔާސީ ކުޅިގަނޑެއް“ ކަމަށްބުނެ އާންމުކުރި އިންޒާރުގެ މެސެޖަކާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ވެބްސައިޓް ހެކްކޮށްފިއެވެ.

ވެބްސައިޓު ހެކްކުރުމަށްފަހު ވަނީ ދެމިނެޓަށްވުރެ ދިގު ވީޑިއޯއެއްވެސް ހިއްސާކޮށްފައެވެ. އަދި އެވީޑިއޯ ވަނީ ޔޫޓިއުބްފައިވެސް ޕޯސްޓްކޮށްފައެވެ. މިހާރު އެޗްޕީއޭގެ އެބްސައިޓް ޑައުންކޮށްފައިވާ އިރު ފުލުހުން ބުނެފައިވަޏީ އެ އެމައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ވީޑިއޯ ހިއްސާ ކުރިބަޔަކު ބުނެފައިވަނީ އެކަންކޮށްފައިވަނީ ވެބްސައިޓްތައް ހެކްކުރުމާއި ސިއްރުތައް ހާމަކުރުމުގައި ގިނަ ބަޔަކަށް އެނގޭ މައްޝުރު ”އެނޮނިމަސް“ ކަމަށެވެ. އެކަމަކު އެއީ އެމީހުންކަން ކަށަވަރެއް ނޫނެވެ.

އިންޒާރުގެ މެސެޖުގައި ބުނެފައިވަނީ ދިވެހި ސަރުކާރަށް އިންޑިއާ އިން ނުފޫޒު ފޯރުވާ ކަމަށާއި ސަރުކާރުން ކުޅެނީ ”ސިޔާސީ ކުޅިގަނޑެއް“ ކަމަށެވެ. އަދި ސަރުކާރުން އިހުމާލުވެފައިވާ ކަމަށާއި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށް ތަކްލީފުތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ސަރުކާރުގެ ކޮމްޕިއުޓާ ސާވާތަކަށް ހަމަލާދީ ދައުލަތުގެ ސިއްރު މައުލޫމާތުތަކާއި ޑޮކިއުމަންޓުތައް ހާމަ ކުރާނެ ކަމަށާއި މިހާރުގެ ރޭވުންތަކަށް ބަދަލު ނުގެންނަހާ ހިނދަކު އެ ހަމަލާތައް ހުއްޓާނުލާނެ ކަމަށްވެސް އިންޒާރުގައި ބުނެފައިވެއެވެ.

ހެކްކުރި ވެބްސައިޓަކީ އެޗްޕީއޭގެ ރަސްމީ ވެބްސައިޓަށްވިޔަސް ކޮވިޑް-19 އާ ބެހޭ ގޮތުން މައުލޫމާތު ހާމަކުރަން ހަދާފައިވާ ހެލްތު މިނިސްޓްރީގެ ޕޯޓަލް ބަރާރަށް މަސައްކަތްކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: