ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުން ކޮވިޑް19 ސާމްޕްލިންގ ކިއޯސްކްތައް މިނިސްޓްރީ އޮފް ހެލްތަށް ހަދިޔާ ކުރަނީ

ދިރާގުން ކޮވިޑް19 ސާމްޕްލިންގ ކިއޯސްކްތައް މިނިސްޓްރީ އޮފް ހެލްތަށް ހަދިޔާ ކުރަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގުން ކޮވިޑް19 ސާމްޕްލިންގ ކިއޯސްކްތައް މިނިސްޓްރީ އޮފް ހެލްތަށް ހަދިޔާ ކުރަން ނިންމައިފިއެވެ.

މިގޮތުން، އާދީއްތަ ދުވަހުގެ ރޭ ދިރާގުން ވަނީ މީގެ އެންމެ ފުރަތަމަ ކިއޯސްކް މިނިސްޓްރީ އޮފް ހެލްތަށް ހަވާލުކޮށްފައިއެވެ. މި ކިއޯސްކްތަކަކީ ކުރީ ސަފުގައި މަސައްކަތްކުރަމުންދާ ސިއްޙީ މާހިރުންނަށް ކޮވިޑް19 އަށް ބަލި މީހުން ޓެސްޓު ކުރުމަށް ބޭނުން ކުރެވޭނެ ރައްކާތެރި ވަސީލަތެކެވެ.

މިނިސްޓްރީ އޮފް ހެލްތްގެ ބޭނުންތަކަށް 15 ސާމްޕްލިންގ ކިއޯސްކް ދިރާގުން ހަދިޔާ ކުރަން ނިންމާފައިވާއިރު، މި ކިއޯސްކްތައް މިނިސްޓްރީ އޮފް ހެލްތުން ވަނީ ގްރޭޓާ މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބެހެޓުމަށް ހަމަޖައްސާފައިއެވެ.

މި ސާމްޕްލިންގ ކިއޯސްކްތައް ކުރީސަފުގައި މަސައްކަތް ކުރާ ސިއްޙީ މާހިރުންގެ ރައްކާތެރިކަމަށް ވަރަށް ބޮޑު އެހީއަކަށް ވެެގެންދާނެއެވެ. ސަބަބަކީ މި ކިއޯސްކްތަކުގެ އެތެރޭގައި ހުރެގެން ބަލި މީހުން ނުވަތަ ބައްޔަށް ޝައްކުރެވޭ މީހުންގެ ސާންޕަލް ނެގުމުން އެފަދަ ފަރާތްތަކާ ޑައިރެކްޓް  ކޮންޓެކްޓް އެއްގޮތަކަށްވެސް ނުވާނެތީއެވެ.

މީގެ އިތުރުން،  މި ކިއޯސްކްތައް ބޭނުން ކުރުމުން ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް ނުވަތަ ޕީ.ޕީ.އީ ބޭނުން ކުރަންޖެހޭ މިންވަރު މަދުވެގެންދާނެއެވެ. މުޅި ދުނިޔޭގައިވެސް ޕީ.ޕީ.އީ ލިބުމުގައި ދަތިތަކެއް އުޅޭ މި ފަދަ ދަނޑިވަޅެއްގައި، މި ކިއޯސްކްތަށް މެދުވެރިކޮށް، ރައްކާތެރިކަމާއެކު ގިނަ ބައެއްގެ ސާމްޕަލް ނެގުމަށް މަގުފަހިވެގެން ދާނެ ކަމަށް ޔގީންކުރާ ކަމަސް ދިރާގުން ވަނީ ބުނެފައެވެ. 

މި އީޖާދީ ކޮވިޑް19 ސާމްޕްލިންގ ކިއޯސްކްތަކުގެ މޮޑެލް އެންމެ ފުރަތަ އުފައްދާފައިވަނީ ސައުތު ކޮރެއާގައި އެވެ. އޭގެ ފަހުން ދުނިޔޭގެ ގިނަ ޤައުމުތަކުގައި މިފަދަ ކިއޯސްކްތައް ވަނީ އުފައްދާ، ބޭނުންކުރަން ފަށާފައިއެވެ. މީގައި އެކުލެވިގެންވާ ޝީލްޑިންގ ސްކްރީން މަސައްކަތްކުރާނީ ޕޭޝަންޓުންގެ ކިބައިން އަންނަ ޑްރޮޕްލެޓްސް ސިއްޙީ އެހީތެރިންނާއި ކޮންޓެކްޓް ނުވާނެ ފަދަ އައްޑަނައެއްގެ ގޮތުގައިއެވެ. އެހެން ކަމުން ޕީ.ޕީ.އީ ގިނަގިނައިން ބަދަލު ކުރަން ޖެހުން ކުޑަވެގެން ދާނެއެވެ. މިއީ ރާއްޖޭގައި މިފަދަ ކިއޯސްކެއް ތައާރަފުކުރި ފުރަތަމަ ފަހަރެވެ.

މި ކިއޯސްކްތަކުގެ އެންމެ ފުރަތަމަ  ޕްރޮޓޮޓައިޕް އާއި ޕްރްޑަކްޓް ރާއްޖޭގައި ފަރުމާކޮށްފައިވަނީ އެމް.އެން.ޑީ.އެފް ސެނަހިޔާއާ ގުޅިގެން ޕްރިންޓް ލެބް ކްރިއޭޓިވްސްއިންނެވެ.  އަދި ތައްޔާރުކޮށްފައިވަނީ މިނިސްޓްރީ އެފް ހެލްތް އަދި ނެޝެނަލް އެމަޖެންސީ އެޕަރޭޝަން ސެންޓަރުގެ ލަފަޔާ އިރުޝާދާ އެއްގޮތަށެވެ.

ދިރާގުން އުންމީދު ކުރަނީ މި ސާމްޕްލިންގ ކިއޯސްކް ތަކުގެ ސަބަބުން ކޮވިޑް19 އަށް ރައްކާތެރިކަމާއެކު ޓެސްޓް ކުރުން އިތުރު ވެގެންދާނެކަމަށެވެ. އަދި މުޅި މުޖުތަމައުގެ ރައްކާތެރިކަމަށް، އަމިއްލަ ފުރާނަ އަތް މައްޗަށްލައިގެން ކުރީސަފުގައި މަސައްކަތްކުރާ ސިއްޙީ އެހީތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭނެ ވަރަށް ބޮޑު ފިޔަވަޅަކަށް ވެގެންދާނެކަމަށެވެ.

ދިރާގުން ދަނީ ކޮވިޑް-19 އާ ގުޅިގެން ގައުމުގެ ހާލަތަށް ދިމާވާ ކަންތައްތައް ވަރަށް ގާތުން ބަލައި، މި ދަނޑިވަޅުގައި ކަސްޓަމަރުންނަށާއި މުޅި މުޖުތަމައަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދެވޭނެ ގޮތްތައް ބަލަމުންނެވެ. އެގޮތުން ކޮވިޑް-19 އާ ގުޅިގެން ދިރާގުން ކުރަމުންދާ ކަންތައްތަކުގެ އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުންޏަށް ގުޅުއްވައިގެން ކުރިއަސް ގެންދެވުމަށް ވަނީ އެދިފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: