ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: ދައުލަތް ޒިންމާދާރު ކުރުވުމަށް ނޫސްވެރިން ކުރަމުން އަންނަ މަސައްކަތް ފާހަގަކުރަން: އެޗްއާރްސީއެމް

ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށްދަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ދެކޮޅަށް ދަޢުލަތުން ކުރާ މަސައްކަތްތަކަށް ފާރަވެރިވެ ޒިންމާދާރުކުރުވުމަށް ނޫސްވެރިން ކުރަމުން އަންނަ މަސައްކަތް ފާހަގަކުރާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން (އެޗްއާރްސީއެމް) ބުނެފިއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅގެން އެޗްއާރްސީއެމް އިން ހޯމަވިލޭރޭ ނެރުނު ނޫސް ބަޔާނުގައި ބުނީ، ސައްހަ މަޢުލޫމާތު ގެނެސްދިނުމަށް ނޫސްވެރިންކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރާކަމަށެވެ.

މި ގޮތުން، ރާއްޖޭގައި ކޮވިޑް-19 އިގެ ހާލަތު އޮތް ގޮތާއި، ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅޭ ގޮތުން ފޯރުކޮށްދޭ މަޢުލޫމާތާއި، ކޮވިޑް-19 އާއި ދެކޮޅަށް ދަޢުލަތުން ކުރާ މަސައްކަތްތަކަށް ފާރަވެރިވެ ޒިންމާދާރުކުރުވުމަށް ނޫސްވެރިން ކުރަމުން އަންނަ މަސައްކަތް ފާހަގަކުރާކަމަށް އެޗްއާރްސީއެމް އިން ބުނެއެވެ.

މީގެ އިތުރުން އެޗްއާރްސީއެމް އިން ބުނީ، މި ފަދަ ދަނޑިވަޅެއްގައި ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގައި ނުފޫޒެއްނެތި މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ފުރުސަތު ހުރިހައި ފަރާތަކުން ވެސް ނޫސްވެރިންނަށް ދޭންޖެހޭކަމަށެވެ. 

އެޗްއާރްސީއެމްއިން ބުނީ، ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގައި ސައްހަ މަޢުލޫމާތު ފެތުރުމަށް އިސްކަންދީ، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް މަޢުލޫމާތު ނުފެތުރުމަށް ސަމާލުކަންދިނުމަށް ނޫސްވެރިންނަށް އިލްތިމާސްކުރާކަމަށެވެ.

އެޗްއާރްސީއެމްއިން ބުނީ، ކޮވިޑް-19 އިގެ ބަލި ތަޙައްމަލުކުރަމުންދާ މީހުންނާއި، އެ މީހުންގެ ޢާއިލާތަކުގެ ޒާތީ މިނިވަންކަމަށް އިހްތިރާމުކޮށް ޚަބަރާއި މަޢުލޫމާތު ފެތުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

މީގެ އިތުރުން ނޫސްވެރިކަންކުރުމުގައި، އެޗްއާރްސީއެމްއިން ވަނީ، ހުރިހައި އެންމެންނަށް ވެސް އިހްތިރާމްކޮށް އިންސާނީ ޤަދަރާއި އިހްތިރާމާއި، މުޖުތަމަޢުގެ ޢާންމު އަޚުލާޤީ މިންގަނޑުގައި ހިފެހެއްޓުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ. 

ހަމައެއާއެކު، އެޗްއާރްސީއެމްއިން ވަނީ، ނޫސްވެރިންކުރާ މަސައްކަތްތައް ފުޅާކޮށް، ނޫސްވެރިން ބިނާކުރުމަށް އެ ދާއިރާގެ ތަޢުލީމާއި ތަމްރީނު ލިބޭނެ މަގު ތަނަވަސްކޮށްދީ، އެ ފަދަ ފުރުސަތުތައް އިތުރުކުރުމަށް އިލްތިމާސްކޮށްފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: