ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއައްސަސާތަކުގެ އަރާރުމާއި ހެދި ނަރުދޫ ވާނުވާއެއްގެ ތެރޭގައި!

ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ފިޔަވައި ރާއްޖޭގައި އެންމެ ބޮޑަށް ކޮވިޑް-19 ފެތުރިފައިވާ ށ. ނަރުދޫގެ މުއައްސަސާތަކުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން އެރަށުގެ އާންމު ޙާލަތު އޮޅޭ ހިސާބަށް ގޮއްސިއެވެ.

ގާތްގަނޑަކަށް 600 މީހުންގެ އާބާދީއެއް އޮންނަ ނަރުދޫން ކޮވިޑް-19 އަށް 11 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެންމެ ފުރަތަމަ އެ ބައްޔަށް އެ ރަށުން ޕޮޒިޓިވްވީ މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލޭން ފުރި އެ ރަށުގެ އަމާޒު ބޯޓުގެ ކެޕްޓަނެވެ. އެ އަށް ފަހު އޭނާގެ އާއިލާގެ އިތުރު ހަތް މީހުންނާއި އިތުރު ބަޔަކު މިހާރު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ.

ނަރުދޫގެ މިހާރު ހާލަތު ބައްލަވާ ލެއްވުމަށް ހެލްތު މިނިސްޓަރު އަމީނާ އެކު ސަރުކާރުގެ އިސް ޓީމެއް އެ ރަށަށް ވަޑައިގަންނަވާފައި ވެއެވެ. އަދި އެ މި ޓީމުގެ ބޭފުޅުން ވަނީ އެ ރަށުގެ ވެރިންނާ ބައްދަލު ކުރައްވައިފައެވެ.

މިނިސްޓަރު އަމީނާއި ޓީމުގެ ދަތުރާއި ގުޅޭގޮތުން ނަރުދޫ ކައުންސިލްގެ ރައީސް އަހްމަދު އާރިފް އޮންލައިން ނޫހަކަށް ވިދާޅުވީ އެރަށަށް ޒިޔާރަތްކުރި ޓީމާ ބައްދަލުކޮށްލަން ލިބުނު ކުޑަ ވަގުތުކޮޅުގެ ތެރޭގައި ރަށު ރައްޔިތުންނާއި ކައުންސިލުގެ ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ.

ނަރުދޫއިން ކޮވިޑަށް ބަޔަކު ޕޮޒިޓިވްވެފައިވާ އިރު އެރަށުގައި ރައްކާތެރިކުރުމުގެ ގޮތުން ބޭނުންވާ ވަސީލަތްތައް ނެތީމުގެ ކަންބޮޑުވުންތައް މިނިސްޓަރާއި ހިއްސާ ކުރެއްވި ކަމަށާއި ނަރު އެހާލަތައް ދިޔަފަހުން ރައްކާތެރިކަމުގެ ގޮތުން ބޭނުންކުރާނެ އެފަދަ އެއްވެސް ސާމާނެއް ސަރުކާރުން ފޯރުކޮށްދީފައި ނުވާ ކަމަށް އާރިފް ވިދާޅުވި އެވެ.

އާރިފް ވިދާޅުވީ ކަންބޮޑުވުން ފާޅުކުރި ނަމަވެސް އެތަކެތި ފޯރުކޮށްދޭނެ ކަމަށް މިނިސްޓަރު ސީދާ ވިދާޅުނުވާ ކަމަށެވެ. ނަމަވެސް ހެލްތު މިނިސްޓްރީގެ ބަޖެޓުގެ ތެރެއިން ދިހަ ވަރަކަށް ހާސް ރުފިޔާގެ އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށްވެސް އާރިފް ވިދާޅުވިއެވެ.

”ނިންމާލަމުން ފާހަގަކުރި ހެލްތު މިނިސްޓްރީގެ ބަޖެޓުގެ ތެރެއިން 10،000 ވަރަކަށް ރުފިޔާގެ އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމަށް، ފަހު ވަގުތުގައި އަޅުގަނޑު ފާހަގަކޮށްލިން ސީޕްލޭނެއް ޗާޓަރުކޮށްގެން ސީދާ ނަރުދޫއަށް ތިބޭފުޅުން ވަޑައިގަތުމުގެ ބަދަލުގައި ތިކަމަށް ދާ ހަރަދު އަޅުގަނޑުމެންނަށް ދިން ނަމަ މާ ރަނގަޅުވީހޭ. އެކަހަލަ ބޭކާރު ހަރަދުތަކެއް އެ ކޮށްލެވެނީ، މި ރަށު ރައްޔިތުން ވަކި އުފަލެއް ނުވާނެ އެ ބޭފުޅުން އަޔަސް“ އާރިފް ވިދާޅުވެފައިވެއެވެ.

ކައުންސިލްގެ ރައީސް އާރިފް ވާހަކަތައް އެހެން ހުއްޓަސް ށ. ނަރުދޫ ސިއްހީ މަރުކަޒުގެ ވާހަކަތައް މުޅިންތަފާތެވެ. އެގޮތުން ނަރުދޫ ސިއްހީ މަރުކަޒުގެ އެޑްމިނިސްޓްރޭޓާ ހެލްތު ސާވިސް، މުސްތަފާ މޫސާ، އޮންލައިން ނޫހަކަށް ވިދާޅުވެފައިވަނީ ކޮވިޑް-19 އަށް އެ ރަށުން މީހަކު ޕޮޒިޓިވްވި ދުވަހުން ފެށިގެން އެކަމުން ބޭނުންވާ ހުރިހާ އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އެގޮތުން ސިއްހީ ހިދުމަތްދޭ ފަރާތްތަކާއި ބަލި މީހުން ރައްކާތެރި ވުމަށް ބޭނުންވާނެ ތަކެތި ވެސް ފޯރުކޮށްދީފައިވާ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

”އަންގި އާއި ސެނަޓައިޒާ އާއި މާސްކް ފަދަ ތަކެއްޗަކީ އެއްވެސް ރަށެއްގައި އާންމުކޮށް ހުރިހާ ރައްޔިތުންނަށް ބަހާ އެއްޗެއް ނޫން. ސިއްހީ ހިދުމަތް ދޭ މީހުންނާއި ބަލި މީހުން ބޭނުންވާ ވަރަށް އެ ތަކެތި އެބަހުރި“ މުސްތަފާ ވިދާޅުވެފައިވެއެވެ.

މުސްތަފާ އަކީ ނަރުދޫ ޓާސްކް ފޯހުގެ ވެރިއަކަށް ހުންވި ފަރާތެވެ. އޭނާ ވިދާޅުވީ ކޮންމެ ދުވަހަކު ވެސް އެ ރަށުގެ ހުރިހާ ގެއެއްގެ މީހުންގެ ހާލަތާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ހުރިތޯ ބަލައި ޗެކް ކުރަމުން އަންނަ ކަމަށެވެ.

މުސްތަފާ ވިދާޅުވި ގޮތުގައި، ކެޕްޓަނާ ބައްދަލުވި މީހުންގެ ކޮންޓެކްޓް ޓްރޭސިން ވަނީ ނިމިފައި ކަމަށާއި ނުނިމި ވަނީ ޕޮޒިޓިވްވި ދެ ފަޅުވެރިންނާ ބައްދަލުވި މީހުންގެ ކޮންޓެކްޓް ޓްރޭސިން ކަމަށެވެ.

މި ބަލި މިހާތަނަށް ފެނިފައި ވަނީ މާލޭ އިތުރުން ނަރުދު އާއި ހއ. ތަކަންދު އާއި ހއ. އުލިގަމާއި ށ. މިލަންދޫ އަދި ކ. ތުލުސްދޫންނެވެ. ރާއްޖެ އިން މިހާތަނަށް މި ބައްޔަށް ވަނީ 527 މީހަކު ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި ގިނައީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހުންނެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: