ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑާއިއެކު އައިއޯއައިޖީ ބޭއްވުމަށް ރާއްޖެއިން ވަމުންދާ ތައްރީތަކަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެ: ޔޫތް މިނިސްޓަރ

ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް:ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު މާލޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން ކުރިއަށް އޮތް 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ  އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ބޭއްވުމަށް ރާއްޖެއިން ވަމުންދާ ތައްޔާރީތަކަށް ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ. 

ކޮވިޑާއި ގުޅިގެން ޔޫތް މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތްތަކާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ހޯމަ ދުވަހު ނެޝަނަލް އިމަޖެންސީ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔޫތް މިނިސްޓަރ މަހުލޫފް ވިދާޅުވީ ޔޫތް މިނިސްޓަރުގެ ހައިސީއްޔަތުން މިވަގުތު އެމަނިކުފާންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމަށް ވާން ޖެހޭ ތައްޔާރީތަކުގެ ތެރެއިން މިއަހަރު ކުރުމަށް ހަމަޖެހިފައިވާ ކަންކަން މިއަހަރު ނުކުރެވިދާނެތީ އޮތް ކަންބޮޑުވުން ކަމަށެވެ. ހާއްސަކޮށް ކޮވިޑާއި ގުޅިގެން އައިއޯޖީގެ ތައްޔާރީތަކަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މިނިސްޓަރ ވިދާޅުވީ އައިއޯޖީގެ ތައްޔާރީތަކުގެ ބޮޑުބައެއް ކުރިއަށް ގެންދަން ނިންމާފައި ވަނީ މިއަހަރު ކަމަށާއި ނަމަވެސް މިހާރު ހާލަތު އޮތްގޮތަށް ބަލާއިރު އެކަންކަން ކުރުމަކީ ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި ނަމަވެސް އެކަމަށް ގޮތެއް ނިންމާނީ ރައީސުލްޖުމްހޫރީއްޔާއާއި އެކަމަށްޓަކައި ހާއްސަ ކޮމެޓީގެ މަޝްވަރާއަށް ފަހު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

”އަޅުގަނޑު ހަމަ އަމިއްލައަށް ކޮންމެ ދުވަހަކުހެން ވިސްނާ ކަންބޮޑުވާ ކަމެއް މިއީ. ގެއްލިގެންދާ ކޮންމެ ދުވަހަކީ ވަރަށް ބޮޑު ގެއްލުމެއް. ދެން އަޅުގަނޑުމެމްނަށް މިކަމާއި ބެހޭ ގޮތުން ފައިނަލް ޑިޒިޝަންއެއް ކުރިއަށްދާނެ ގޮތެއް ނިންމޭނީ މިނިސްޓްރީގައި މިކަމަށްޓަކައި ރައީސުލްޖުމްހޫރީއްޔާ އުފައްދަވާފައިވާ ކޮމެޓީގެ މަޝްވަރާއަށް ފަހު. ނަމަވެސް މިއީ ވަރަށް ބޮޑު ގޮންޖެހުމެއް. މިއަހަރު ތެރޭގައި އަޅުގަނޑުމެންގެ ގިނަ މަސައްކަތްތަކެއް ހުރީ ރޭވިފަ. “ މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރ މަހުލޫފް ވަނީ ގައުމީ ޓީމްތަކުގެ ކުޅުންތެރިންނަށް ދެމުން ގެންދާ އިނާޔަތްތަކާއި ބެހޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރީއްޔާގެ މަގާމަށް އިބްރާހިމް މުހައްމަދު ސާލިޙް ވަޑައިގަތުމަށް ފަހު ގައުމީ ޓީމްތަކުގެ ކުޅުންތެރިންނަށް ދެމުން ގެންދިޔަ އިނާޔަތް 5000ރ އަށް ބޮޑުކޮށްފައިވާ ކަމަށާއި ނަމަވެސް މިހާރު ހާލަތު އޮތް ގޮތުންނާއި އަދި އެއްވެސް ކުޅިވަރެއްގެ ޕްރެކްޓިސް ކުރިއަށް ނުދާތީ ގައުމީ ޓީމްތަކުގެ ކުޅުންތެރިންނަށް ދެމުން ގެންދާ އިނާޔަތްތަކާއި ބެހޭ ގޮތުން ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. 

ނަމަވެސް މިނިސްޓަރ ވިދާޅުވީ ގައުމީ ޓީމްތަކުގެ ކުޅުންތެރިންނަށް އިނާޔަތް ދެނީ ކުޅުންތެރިންް ފަރިތަކުރުންތަކަށް ނިކުންނަނަ ގޮތްތަކަށް ބަލައިގެން ކަމަށާއި އެހެން ކަމުން މުބާރާތްތައް ހުއްޓި އެއްވެސް ފަރިތަ ކުރުންތަކެއް ނުދާ ދަނޑިވަލެއްގައި ކުޅުންތެރިންނަށް އިނާތް ދިނުމާއި އަދި ނުދިނުމާއި ބެހޭ ގޮތުން ވެސް މިވަގުތުގެ ހާލަތަށް ބަލާއިރު އެއްޗެއް ދަންނަވަން ވަރަށް ދަތި ކަމަށެވެ. ނަމަވެސް އެސޯސިއޭޝަންތަކާއި ވާހަކަ ދައްކައިގެން ހައްލެއް ހޯއްދަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

ކޮވިޑާއި ގުޅިގެން ޔޫތް މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ތަފްސީލް ދެއްވަމުން މިނިސްޓަރ ވިދާޅުވީ މާލެ ލޮކްޑައުން ކުރުމާއި ގުޅިގެން ކުރިއަށް ގެންދަން ފެށި ޑެލިވަރީތަކަށް ބާރު ބޮޑުވެ އެކަމަށް ހައްލެއް ހޯއްދަވައި ދެއްވުމަށް ރައީސް ސާލިޙް އެދިވަޑައިގަތުމުން ކުރެއްވި މަސައްކަތްތަކުގެ ދަށުން ވަރަށް ގިނަ ވޮލިންޓިޔަރުން ލިބުނުކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ނަމަވެސް ހާލަތަށް ބަލައި އަދި ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ޑެލިވަރީގެ މަސައްކަތުގައި އުޅެނީ ވަރަށް މަދު ބައެއް ކަމަށާއި ނަމަވެސް ޑެލިވަރީ ކުރުމަށް އެންމެ ފުރަތަމަ ދިމާވި މައްސަލަތަކަށް ވަަރަށް ބޮޑު ހައްލެއް ހޯއްދަވައި ދެއްވިފައިވާކަން މިނިސްޓަރ މަހުލޫފް ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ ޔޫތް މިނިސްޓްރީގެ ފަރާތުން ކުރަމުންދިޔަ ޑެލިވަރީގެ އެ މަސައްކަތަށް ކުޑަ ހުއްޓުމެއް އައީ ކޮވިޑްއަށް ޕޮޒިޓިވްވި މީހަކު ދިޔަ ފިހާރައެއްގައި މަސައްކަތް ކުރި ޑެލިވަރީގެ ހިދުމަތް ދެމުން ދިޔަ ކުދިންތަކެއް އައިސޮލޭޓް ކުރުމުން ކަމަށާއި ނަމަވެސް ޔޫތް މިނިސްޓްރީގެ ވޮލިންޓިޔަރުންގެ ގޮތުގައި މަސައްކަތް ކުރި އެއްވެސް ކުއްޖަކަށް ވައިރަސް ޖެހިފައި ނުވާ ކަމަށާއި އަދި ހުރިހައި ކުދިން ވެސް އައިސޮލޭޝަންއިން ދޫކޮށްލާފައިވާ ކަމަށް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ. 

މީގެއިތުރުން ޖެންޑަރ މިނިސްޓްރީއާއި ޔުނިސެފްގެ އެދުމުގެ މަތިން ހާއްސަ އެހީއަސް ބޭނުންވާ 700 އަށް ވުރެ ގިނަ ފަރާތަށް ކާބޯތަކެތި ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރިއަށް ގެމްދާ ކަމަށާއި އެކަމުގެ ވެސް ވަރަށް ބޮޑު ބައެއް ނިމިފައިވާ ކަމަށް މަހުލޫފް ވިދާޅުވިއެވެ. އަދި އިސްލާމިކް މިނިސްޓްރީގެ އެދުމުގެ މަތިން މާލޭގެ ފަގީރުންނަށް ކަދުރު ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށާއި އެކަމުގެ ވެސް ވަަރަށް ބޮޑުބައެއް ނިމިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން ވެސް ކޮވިޑާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: