ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޮކްޑައުންގައި އޮތުމުން އެމްއެމްޕީއާރުސީގެ ޚިޔާނާތް ބެލުމަށް ހުރަސްތަކެއް!

ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ޙާލަތާއި ގުޅިގެން ލޮކްޑައުންކޮށްފައިވާތީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ތަހުގީގަށް ހުރަސްތަކެއް އެޅިފައިވާ ކަމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އެމްއެމްޕީއާރުސީގެ ތަހުގީގާ ގުޅޭގޮތުން އާދިއްތަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން އޭސީސީގެ ލޮކްޑައުންގެ ސަބަބުން، އެކޮމިޝަނަށް މީހުން ހާޒިރުކޮށް ބަޔާން ނެގުމަށް ބޮޑެތި ދަތިތަކެއް ހުރި ކަމަށެވެ.

އެމްއެމްޕީއާރުސީގެ 3.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ތަހުގީގަށް އޮންލައިންކޮށް ބަޔާން ނަގަން ވިސްނާއިރު އެކަމުގައި ގާނޫނީ މައްސަލަތަކެއް ކުރިމަތިވާތީ އެކަންވެސް ކުރެވޭގޮތްވެފައި ނުވާ ކަމަށް ޝަކީލް ވިދާޅުވި އެވެ.

ޝަކީލް ވިދާޅުވީ އޮންލައިންކޮށް ބަޔާން ނެގުމުގެ ކުރިއަށް ގެންގޮސްފިނަމަ އެއީ ހެކީގެ ގޮތުގައި ނުވަތަ ބަޔާނެއްގެ ގޮތުގައި ކޯޓުން ބަލައި ގަތުމާއިމެދު އެއްވެސް މައްސަލައެއް ދިމާވެދާނެ ކަމަށްވާނަމަ އެކަމަކަށް ކުރިން ބަލަންޖެހޭ ކަމަށެވެ.

ޝަކީލް ވިދާޅުވި ގޮތުގައި މިހާރު އެކަމަށް ޙައްލެއް ހޯދުމުގެ ގޮތުން ޕްރޮސިކިއުޓާ ޖެނެރަލްގެ އިތުރުން ފުލުހުންނާ އެކު އަންނަނީ މަޝްވަރާ ކުރަމުންނެވެ.

އެމްއެމްޕީއާރުސީގެ ތަހުގީގުގައި އޭސީސީގެ އިތުރުން ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނާއި ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް ގުޅިގެން މަސައްކަތްތައް ކުރަމުން އަންނަނީ ގޭގައި ތިބެގެން ކަމަށް ޝަކީލް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 3.3 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ކަމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުން ލިބުނު ފައިސާ، ލޯންޑާ ކުރިކަން ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ. އަދި ކުރީގެ ނައިބު ރައީސް އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުވާކޮށް، ޝަރީއަތް ވަނީ ފަށައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: