ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤައުމީ އިންޖިނިއަރުންގެ ދުވަހުގެ ހަފްލާގައި އެމް.ޑަބްލިޔު.އެސް.ސީއަށް ޝަރަފުވެރި ދެ އެވޯޑެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ޤައުމީ އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ޙަފުލާގައި، ޝަރަފުވެރި ދެ އެވޯޑެއް އެމް.ޑަބްލިޔު.އެސް.ސީން ހާސިލްކޮށްފިއެވެ.

އެގޮތުން ،އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ހާސިލްކޮށްފައެވެ. މިއީ ކުންފުންޏާއި ކުންފުނީގެ ހުރިހާ މުވައްޒަފުކަށް ފަޚުރުވެރި ކާމިޔާބީއެއް ކަމަށާއި އަދި މިއަހަރު އެންމެ ގިނަ އެވޯޑު ހޯދި ކުންފުނީގެ ޝަރަފުވެސް ލިބުނީ އެމް.ޑަބްލިޔު.އެސް.ސީއަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި ހަފްލާގައި އެމް.ޑަބްލިޔު.އެސް.ސީއަށް ލިބިފައިވަނީ ”ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑް“ އާއި ”ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް“ އެވެ. ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑް އެމް.ޑަބްލިޔު.އެސް.ސީއަށް ލިބުނީ ހދ. ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ، 100% އަވިން ހަކަތަ އުފައްދައިގެން ހިންގާ، ތިމާވެއްޓަށް ގެއްލުންދޭ ވިހަ ގޭސްތައް ބޭރުނުކުރާ (ޒީރޯ އެމިޝަން) ފެން އުފައްދާ ނިޒާމުގެ ސަބަބުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް ލިބުނީ ރ. ދުވާފަރުގައި ޤާއިމްކޮށްފައިވާ އިންޓެގްރޭޓަޑް ޔުޓިލިޓީ ސަރވިސް މޮޑެލްއަށެވެ. ދުވާފަރުގެ މި މޮޑެލްއަކީ ބޯފެން އުފައްދައި ފޯރުކޮށްދިނުން، ނަރުދަމާގެ ނިޒާމު، ކުނި މެނޭޖުކުރުން، ކަރަންޓުގެ ޙިދުމަތް، ވާރޭފެން ރައްކާކުރުން އަދި އިއާދަކުރަނިވި ހަކަތައިގެ ހައްލުތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދޭ މޮޑެލެކެވެ.

މީގެ އިތުރުން، އިންޑިވިޖުއަލް ކެޓަގަރީން، އެމް.ޑަބްލިއު.އެސް.ސީގެ ރިސްކް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ ޖެނެރަލް މެނޭޖަރ، ޑރ. ފުރުޤާން އިބްރާހީމަށް ވަނީ “އިންޖިނިއަރ އޮފް ދަ އިޔަރ އެވޯޑު” އަދި “އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސާރޗް އެވޯޑު” ލިބިވަޑައިގެންފައެވެ.

މި ކާމިޔާބީތަކުން ދައްކުވައިދެނީ ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި އިންޖިނިއަރިންގ ޙައްލުތައް ހޯދުމަށާއި، އައު އީޖާދުތަކާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން މުޖުތަމަޢުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އެހީތެރިވުމަށް އެމް.ޑަބްލިޔު.އެސް.ސީން ދޭ އަހައްމިއްޔަތުކަން ކަމަށް ކުންފުނިން ފާޙަގަކުރެއެވެ. ހަމައެހެންމެ، މިއީ ފެނާއި ނަރުދަމާގެ ދާއިރާ ހަރުދަނާކުރުމަށް އެ ކުންފުނީގެ އިންޖިނިއަރުންނާއި މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތާއި ފަންނީ ޤާބިލުކަން ހާމަވެގެންދިޔަ ކަމެއް ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެ ކުންފުނިން ބުނީ އެމް.ޑަބްލިޔު.އެސް.ސީގެ މައިގަނޑު އަމާޒަކީ އިންޖިނިއަރިންގގެ ދާއިރާއިން މަތީ ފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދިނުމާއެކު، ދިރާސާތަކާއި އީޖާދީ މަސައްކަތްތަކަށް އިންވެސްޓްކޮށް، މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުން ކަމަށެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދެމެހެއްޓެނިވި އަދި އިތުބާރު ހުރި ފެނާއި ނަރުދަމާގެ ނިޒާމެއް ޤާއިމުކޮށްދިނުމުގައި ދެމިތިބުމައް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކުގެ މުހިންމު ބައެއް ކަމަށް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: