ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19 އާއި ގުޅިގެން، އެމްއެންޑީއެފުން ވެންޓިލޭޓަރެއް އީޖާދުކޮށްފި

ފޮޓޯ:އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ވެންޓިލޭޓަރެއް އީޖާދުކޮށްފިއެވެ.

މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއެންޑީއެފުން އީޖާދުކުރި ވެންޓިލޭޓަރުވަނީ ދައްކާލާފައެވެ.

މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާގެ އިތުރުން، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް ޢަބްދުﷲ ޝަމާލް ވެސް ބައިވެރިވެވަޑައިގަތެވެ.

މީގެ އިތުރުން،  ވައިސްޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނަރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

 

 

https://twitter.com/MNDF_Official/status/1257325501015748608?s=19

މިކަމާއި ގުޅިގެން ޑިފެންސް މިނިސްޓަރ މާރިއާ އަޙްމަދު ދީދީ، މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްއެންޑީއެފުގެ މަސައްކަތުން ވެންޓިލޭޓަރެއް އީޖާދުކޮށްފައިވާ ކަމަށާއި، ސިފައިން އުފެއްދި މި ވެންޓިލޭޓަރަކީ ކާމިޔާބު އީޖާދުކުރުމެއްކަމަށެވެ.

އިލެކްޓްރޯނިކް އާލާތްތަކުގެ ބައިތައް ބޭނުންކޮށްގެން އެމްއެންޑީއެފުން ވެންޓިލޭޓަރު އީޖާދުކޮށްފައިވަނީ، އެންމެ ދެ ހަފްތާ ތެރޭގައެވެ. 

އެމްއެންޑީއެފުން ހާމަކުރިގޮތުގައި މުސްތަޤުބަލުގައި، މި ވެންޓިލޭޓަރުގެ ޓެސްޓް ޓްރަޔަލްތައް ކުރިޔަށްގެންދާނެއެވެ.

 

 

https://twitter.com/MNDF_Official/status/1257327338410217474?s=19

ކޮވިޑް-19 އިގެ ބަލިމަޑުކަން އިތުރުވެފައިވާއިރު، މި ވައިރަހަށް ފަރުވާދިނުމަށްޓަކައި ބޭނުންވާނެ ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތްތައް ސަރުކާރުން އަންނަނީ ކުރަމުންނެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: