ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަފުށީ ބަނދަރުގެ މަސައްކަތް ޗައިނާއާ ހަވާލުކުރީ ގާނޫނާ އެއްގޮތަށް: ސަރުކާރު

ތިލަފުށި / ފޮޓޯ: އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަފުށީގެ ވިޔަފާރި ބަނދަރު ހެދުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކުރީ އިންޑިއާ ދުރުކުރުމަށްފަހު ވަކި ފަރާތަކަށް އިސްކަންދީގެން ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދިވެހި ސަރުކާރުން ދޮގުކޮށްފިއެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރަން ސަރުކާރުން ވަނީ މި އަހަރުގެ ކުރީކޮޅު ބޮޑު މަޝްރޫއެއް ފަށައި، އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ކީ-ވޯލް ތަރައްގީ ކުރުމުގެ މަސައްކަތް ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްފައެވެ.

އެކަމާ ގުޅިގެން ފާޑުކިޔައި އިންޑިއާ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން، އެ ގައުމުގެ އެހީގައި ރާއްޖޭގައި ހަދަމުން އަންނަ ތިލަމާލެ ބްރިޖަކީ ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމުގެ ރަމްޒެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެ، ތިލަފުށީގެ ބަނދަރު މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް ބުނެއެވެ. އެއީ ދިވެހި ސަރުކާރުން ޗައިނާ އަށް އިސްކަންދިނުން ކަމަށް ވެސް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.

އެ ވާހަކަތައް ދޮގުކޮށް އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި މަޝްރޫއު ހަވާލުކޮށްފައިވަނީ މިފަދަ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ކަނޑައަޅާފައިވާ ހަމަތަކާއި ރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

މި ނިންމުމަކީ ހަމައެކަނި ރާއްޖޭގެ ދިގު މުއްދަތުގެ ތަރައްގީގެ އިސްކަންދޭ ކަންކަމަށް ރިއާޔަތްކޮށް ނިންމާފައިވާ ނިންމުމެއް ކަމަށާއި މިއީ އެއްވެސް ހާރިޖީ ބައިވެރިއަކާ މެދު އޮތް ގުޅުމަށް ބަދަލެއް އައިސް ނުވަތަ ވަކި ގޮތަކަށް ދެކޭތީ ނިންމި ނިންމުމެއް ނޫން ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

މީގެއިތުރުން، ތިލަފުށީ ބަނދަރު ތަރައްގީކުރުމާއި، އޭގެ މިލްކުވެރިކަމާއި އަދި ހިންގުމުގެ ފުރިހަމަ ބާރު އަބަދުވެސް އޮންނާނީ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށުގައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ބުނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަކީ އެއްވެސް ދޫދިނުމެއް އޮތް ކަމެއް ނޫން ކަމަށާއި، ގާނޫނާއި ގައުމީ މަސްލަހަތު ތަންދޭ މިންވަރުން ބޭރުން، ރާއްޖޭގެ އުމްރާނީ ނިންމުންތަކުގެ މައްޗަށް ބަސްބުނުމުގެ ހައްގު މާޒީގައި އަދި މިހާރުވެސް އެއްވެސް ބޭރުގެ ފަރާތަކަށް ލިބިގެންނުވާ ކަމަށެވެ.

އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު، ތިލަފުއްޓަށް ބަދަލު ކުރާނެކަން ރައީސް މުއިއްޒު ވަނީ މިދިޔަ ފެބްރުއަރީ މަހު ރައްޔިތުންގެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގައި އިއުލާން ކުރައްވައިފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: