ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލާހު ރައީސް ޔާމީނަށް: ”ސުޕްރީމްކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރު ނުކުރޭތޯ؟“

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންޓީ ކޮރަޕްޝަން ކޮމިޝަން ބޭއްވީ ކޯމާގައި ކަމަށާއި ސުޕްރީމްކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރު ނުކުރޭތޯ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ސުވާލު އުފައްދަވައިފިއެވެ.

ރައީސް ޔާމީން ބައިވެރިވެވަޑައިގެން ”ފެހި ސިގްނަލް“ ޖަލްސާގައި އެމަނިކުފާނު ދެކެވި ވާހަކަފުޅަށް ވަނީ ފަލާހު ރައްދު ދެއްވާފައެވެ.

އެގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ އިންސާނާގެ ލަދު ނެތިއްޖެނަމަ ދެން ހަމަ ކޮންމެފަދަ ވާހަކައެއްވެސް އެމީހަކު ދައްކަފާނެ ކަމަށެވެ. ކޮރަޕްޝަން ހިންގުމުން ދުނިޔޭގެ ފެންވަރުގެ ރެކޯޑް ރާއްޖޭގައި ހެދީ ޔާމީން އިސްވެ ހުރެ ހިންގިވެރިކަމުގައިކަމަށާއި އޭރުގެ އެންޓި ކޮރަޕްޝަންކަމިިޝަން ބޭއްވީ ކޯމާގައި ކަން ނުދަންނަ މީހަކު ނޫޅޭނެ ކަމަށެވެ.

”ގ. ދޫވެހި ނަމުގައި އެޅި ގަނޑުވަރާއި، މިހާރު ހަމަ އެނަމުގައި ހެންވޭރު ކޮޅުގައި އަޅުއްވައިގެން އުޅޭ 18 ބުރީގެ 5 ތަރީގެ ހޮޓަލަކީ ކޮންތަނެއް ދަވާލައިގެން އެޅި ތަންތަންތޯ ސުވާލު ކުރާމީހުން މަދީތޯއެވެ.“

ފަލާހު ވިދާޅުވީ ސިންގަޕޫރާއި އާއި ދުބާއީގެ ފިކްސްޑްޑިޕޮސިޓް އަދި އިންވެސްޓްމަންޓް އެކައުންޓުތަކުގައި ހުރިޑޮލަރުތަކުގެ މަތީން އެމްޑީޕީ މީހުން ހަންދާން ނުނެތޭނެ ކަމަށެވެ. އަދި ރައްޔިތުން ކަންބޮޑުވެ ފިތިބާރުވެ، ރުޅިގަދަވެ ޔާމީން ވެރިކަމުން ބޭލި ހަނދާން ނެތުނީތޯވެސް ފަލާހު ވަނީ ސުވާޅު އުފައްދާފައެވެ.

ރައީސް ޔާމީން ވެރިކަން ކުރެއްވި އިރު، ސުޕްރީމް ކޯޓުގެ ބެންޗު ބޭނުން ގޮތަކަށް ބަދަލުނުކުރޭތޯއާއި، ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން އެކޯޓްގެ އިސް ފަޑިޔާރުން ހައްޔަރު ކޮށް ޖަލަށް ނުގެންދޭތޯއާއި، ޕާޓީ ބަދަލުކުރީމަ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުފާސްނުކުރޭތޯއާއި، ހުރިހާ މިނިވަން މުއައްސަސާ ތަކެއް ޕެރަލައިޒް ކޮށް ނުލަންތޯއާއި، އޭރުގައުމުގައި ތިބި ހުރިހާ ސިޔާސީ ލީޑަރުން ހައްޔަރު ނުކުރޭތޯއާއި ⁠އޭރުގެ ނާއިބު ރައީސުންނާއި ⁠އުއްތަމަ ފަޑިޔާރު ވަކިނުކުރޭތޯ ފަލާހު ސުވާލު ކުރެއްވިއެވެ.

ފަލާހު ވިދާޅުވީ މިއަދު މިވާހަކަތައް ދައްކާނެ މީހެއްނެތީމާ ރައީސް ޔާމީން އެއްވެސް ކަމެއް ނުކުރައްވާ ބޭފުޅަކަށް ވެއްޖެ ކަމަށެވެ.

ފަލާހު ޔާމީނަށް ރައްދު ދެއްވާފައިވާއިރު، ރޭ ބޭއްވި ފެހި ސިގްނަލް ޖަލްސާގައި ސަރުކާރު ބުރަކި ޖެހި މުވައްސަސާތައް ފެއިލްވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ޔާމީން ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔުން އަމާކުރައްވާ، ފާޑުކިޔުމަކީ ކުރަންޖެހޭނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: