ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯވިޑް19: ބިދޭސީއެއްގެ ހާލު ސީރިއަސްވެ އައިޖީއެމްއެޗަށް!

ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާ ބިދޭސީއެއްގެ ހާލު ސީރިއަސްވެ އައިޖީއެމްއެޗަށް ބަދަލުކޮށްފިއެވެ.

މި ކަން ހާމަކޮށްފައިވަނީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މީގެ ކުޑައިރުކޮޅެއް ކުރިން ކޮށްފައިވާ ޓްވީޓެއްގައެވެ.

އެޗްޕީއޭއިން ހާމަކުރިގޮތުގައި އެއީ ބަންގްލަދޭޝްގެ ރައްޔިތެކެވެ. ނަމަވެސް އޭނާއަކީ، ކޮން ފެސިލިޓީއަކުން، އައިޖީއެމްއެޗަށް ބަދަލުކޮށްފައިވާ މީހެއްކަމެއް އެޗްޕީއޭއަކުން އަދި ހާމައެއްނުކުރެއެވެ. 

ކޮރޯނާ ވައިރަހުގެ ހާލަތު ދުވަހަކަށްފަހު ދުވަހަކު ސީރިއަސްވަމުންދާއިރު، ރާއްޖެއިން މި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު 551 އަށް އަރައެވެ. އޭގެތެރެއިން 282 މީހުންނަކީ، ބަންގްލަދޭޝް މީހުންކަން ފާހަގަކޮށްލެވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: