ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑު ޖެހުނު ބިދޭސީ އަކު ނިޔާވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް ޕޮޒިޓިވްވި، ބަންގްލަދޭޝް މީހަކު ނިޔާވެެއްޖެ އެވެ. އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށްވި ބަންގްލަދޭޝްގެ އެމީހާއަށް ކޮވިޑް ޖެހިފައިވާ ކަންއެނގުނީ ފިޓްޖެހިގެން ހޮސްޕިޓަލަށް ގެންދިޔުމުން ހެދި ޓެސްޓްތަކަށްފަހުއެވެ.

 އެ ބިދޭސީ ނިޔާވީ ކޮވިޑް-19 ޖެހިގެން ކަމެއް ނުވަތަ ނޫން ކަމެއް އެޗްޕީއޭ އިން އަދި ހާމަކޮށްފައެއްނުވެ އެވެ.  ނަމަވެސް އެ މީހާ ހޮސްޕިޓަލަށް ގެންގޮސް ޓެސްޓް ކުރިއިރު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް އެޗްޕީއޭ އިން ރޭގައި ވަނީ ހާމަކޮށްފައެވެ.

ބިދެސީ މީހާ ނިޔާވީ ކޮވިޑް ޖެހިގެން ކަމަށް އެޗްޕީއޭއިން ނިންމައިފި ނަމަ، މި ބަލި ޖެހިގެން ރާއްޖޭގައި މަރުވި މީހުންގެ އަދަދު ދޭކަށް އެރީއެވެ. ކުރިން 83 އަހަރުގެ އަންހެނަކުވަނީ މި ބަލީގައި ނިޔާވެފައެވެ.

ރާއްޖެ އިން މިހާތަނަށް 557 މީހެއް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި ހިމެނެނީ 361 ބިދޭސީންނާއި 196 ދިވެހިންނެވެ. ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 283 މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ. 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: