ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީ މީހާގެ ސިކުނޑިއަށް ލޭ އެރީ، ކެންސަރު ނުވަތަ ޓިއުމަރެއްގެ ސަބަބުން ކަމަށް ވެދާނެ: ޑރ. ފައިޝަން

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ނިޔާވި ފަހުން ކޮވިޑަށް ބިދޭސީ މީހާގެ ސީޓީ ސްކޭނެއް ހެދިއިރު ސިކުނޑިއަށް ލޭއެޅިފައި ހުރިކަމަށް ދައްކާއިރު ނާރެއް ފަޅައިގެން ގޮސް ލޭ އެޅެން މެދުވެރިވީ އޭނާއަކީ ކުރިން ވެސް ބޮޑު ބައްޔެއް ހުރި މީހަކަށް ވުމުންއެކަށީގެންވާ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ބުނެފިއެވެ.

ފިޓު ޖެހިގެން ބިދޭސީ މީހާ އައިޖީއެމްއެޗްއަށް ގެންގޮސްފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންގޮސް ބައްޔަށް ޓެސްޓު ކުރިއިރު ވަނީ ޕޮޒިޓިވް ވެފައެވެ. ބިދޭސީ މީހާ އައިޖީއެމްއެޗްއަށް ގެންގޮސްފައިވަނީ ސެނެހިޔާ ހޮސްޕިޓަލުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މޫސާ ހުސެއިން ވިދާޅުވީ ބިދޭސީ މީހާ ނިޔާވީ ފިޓު ޖެހިގެން ކަމަށެވެ. ނަމަވެސް، އޭނާގެ ސިކުނޑިއަށް ލޭ އެޅި ކަންކަން ދިމާވީ ކަމަށް ޑރ. މޫސާ ވިދާޅުވިއެވެ. އެއީ އުމުރުން 33 އަހަރުގެ ބަންގްލަދޭޝްގެ މީހެކެވެ.

ބިދޭސީ  މީހާގެ ފުރާނަ ސަލާމާތް ކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ވެސް ކޮށްފައިވާނެ ކަމަށް ޑރ. މޫސާ ވިދާޅުވިއެވެ. ބިދޭސީ މީހާއަށް ދެ ފަހަރަކު ފިޓު ޖެހުނުއިރު، އޭނާ ވެންޓިލޭޓަރަށް ވެސް ލާން ޖެހުނެވެ. ދެވެން އޮތް ހުރޮހިހާ ފަތުވާއެއް ދިނުމަށް މަސައްކަތް ކުރި ނަމަވެސް، ބިދޭސީ މީހާ ނިޔާވެގެން ދިޔައީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކަމަށެ ޑރ. މޫސާ ވިދާޅުވިއެވެ.

މި ކޭސްއާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޑރ. މުހައްމަދު ފައިޝަން ވިދާޅުވީ ބިދޭސީ މީހާގެ ސީޓީ ސްކޭނެއް ވެސް ހަދާފައިވާނެ ކަމަށެވެ. ސިކުނޑިއަށް އެހާ ގިނަ އަދަދެއްގެ ލޭ އެޅުނީ، ނާރެއް ފަޅައިގެން ދިމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

ބިދޭސީ މީހާ ނިޔާވާން ސީދާ މެދުވެރިވީ ސަބަބު ނޭނގުނު ނަމަވެސް، މަރުވީއިރު ބޮޑު ބައްޔެއް ހުރުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، ޓިއުމަރެއް ނުވަތަ ކެންސަރު ފަދަ ބައްޔެއް އޭނާގެ ހުރުމުގެ ފުރުސަތު އެބައޮތް ކަމަށް ޑރ. ފައިޝަން ވަނީ ވިދާޅުވެފައެވެ.

”ސީޓީ ސްކޭން ހެދި އިރު ފުދޭވަރަކަށް ސިކުނޑި އަށް ލޭ އެޅިފައި ހުރި. ބޮޑަށް ބެލެވެނީ ލޭ ނާރެއް ފަޅައިގެން ދިޔައީ ކަމަށް“ ޑރ. ފައިޝަން

ކޮރޯނާ ވައިރަހުގެ ސަބަބުން އާއްމުކޮށް، ސިކުނޑީގެ ލޭނާރުތަކުގައި މައްސަލަތަކެއް ޖެހެއެވެ. އަދި ސިކުނޑިއަށް ލޭ ފޮނުވުމުގައި އަސަރުތަކެއް ކުރާކަމަށް ބެލެވިފައި ވީ ނަމަވެސް ބިދޭސީ މީހާއަށް ދިމާވީ އެފަދަ ސަބަބެއް ކަމަށް ނުބެލެވޭކަމަށް ޑރ. ފައިޝަން ވިދާޅުވިއެވެ.

ޑރ. ފައިޝަން ވިދާޅުވީ، ބިދޭސީ މީހާ ނިޔާވީ ކޮރޯނާ ވައިރަހުގެ ސަބަބުން ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އޭނާގެ ކުރިން ވެސް ހިއްހީ އެހެން މައްސަލައެއް ހުރިކަމަށް ބެލެވޭ ކަމަށެވެ. ބަލި ޖެހިފައި ހުރި ނަމަވެސް، އޭނާގެ ފަރާތުން އެއްވެސް އަލާމާތެއް ފެނިފައި ނުވާތީ، އޭނާއަކީ އެއްވެސް ކަހަލަ ސިންޓޮމްއެއް ނެތި ބަލި ޖެހުނު މީހަކަށް ވެދާނެ ކަމަށް ޑރ. ފައިޝަން ވަނީ ވިދާޅުވިއެވެ.

ބިދޭސީ މީހާގެ އާއިލާއަށް އޭނާ ނިޔާވީ ވާހަކަ އަންގާފައިވާކަން ފާހަގަކުރައްވާ އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އާއިލާއިން އެދެނީ އޭނާ ރާއްޖޭގައި ވަޅުލުމަށް ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: