މާލޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަހާއި ގުޅިގެން، ބައްޔަށް ޝައްކުވެ ނެގު ސާމްޕަލްތަކުން 16 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ އެޗްޕީއޭއިން ހާމަކޮށްފިއެވެ.
އިތުރު ބަޔަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަން ހާމަކޮށް އެޗްޕީއޭއިން ބުނެފައިވަނީ އޭގެ ތެރޭގައި ހިމެނެނީ ދިވެހީންގެ 9 މީހަކާއި، ބަންގްލަދޭޝްގެ 6 މީހެއްގެ އިތުރުން ސްރީލަންކާގެ މީހެއް ކަމަށެވެ.
ރާއްޖޭގައި ބަލި ޖެހޭ މީހުންގެ އަދަދުތައް އިތުރުވަމުން އަންނައިރު، މިރޭ ޕޮޒިޓިވް ވި މީހުންނާއި އެކު ޖުމްލަ އަދަދު 573 އަށް އަރައެވެ.

