ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިޔަށް އޮތް 14 ދުވަހު ޕީކެއް އައިސް ހާލަތު ގޯސް ވެދާނެ، މި ވަގުތު މާލެ އައުން ރައްކާތެރި އެއް ނޫން!

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރިޔަށް ގެންދާ އޮންލައިން ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތް 14 ދުވަހުގެ ތެރޭގައި މާލޭގެ ހާލަތު ގޯސްވެ، ބޮޑު ޕީކެއް އައިސްދާނެ ކަމަށް ލަފާ ކުރެވޭއިރު މާލެއަށް މީހުން އައުމަކީ އެންމެ ރައްކާތެރި ގޮތެއް ނޫން ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.

އެންއީއޯސީގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރާއްޖޭން ބޭރުގެ ގައުމުތަކުގައި ތާށިވެފައި ތިބި ދިވެހިން ރާއްޖެއަށް ގެނައުމަށް ކަމަށެވެ. ނަމަވެސް، ބައެއް ގައުމުތަކުން ދިވެހިން ގެނައުމުގައި އުނދަގޫތަކެއް ހުރުމާއި އެކު ވެސް، ކޮންމެވެސް ވަރެއްގެ ހުއްޓުމެއް އައިސްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ކުރިޔަށް އޮތީ ފަސޭހަ ދުވަސްތަކެއް ނޫން ކަމަށެވެ. މާލޭގެ ހާލަތު ބަދަލުވެދާނެ ކަމަށް ލަފާ ކުރެވޭއިރު، 14 ދުވަހުގެ ތެރޭގައި ބޮޑު ޕީކެއް އައިސްދާނެ ކަމަށް ޓެގްޓީމުން ލަފާކޮށްފައި ވާކަމަށް މަބްރޫކް ވިދާޅުވިއެވެ. މި ދުވަސްތަކަށް އާއްމުން ސަމާލުވުމަށް އިލްތިމާސް ކުރައްވާ މަބްރޫކް ވިދާޅުވީ، މި މުއްދަތުގައި މާލެއަށް ދަތުރުކުރުމަކީ އެހާ ރައްކާތެރި ކަމެއް ނޫން ކަމަށެވެ.

މަބްރޫކް ވިދާޅުވީ އަންދާޒާގެ ނަމްބަރުތަކެއް ހަދަނީ، ރާއްޖޭގެ ހާލަތާއި އަދި ދުނިޔޭގެ އެހެން ގައުމުތަކަށް ދިމާވެފައި ހުރި ހާލަތަށް ބެލުމަށްފަހު ކަމަށެވެ. އާމާޒަކީ ވީ ވަރަކުން ނަމްބަރުތައް މަދު ކުރުން ނަމަވެސް، ހާލަތު ރަނގަޅުވާން ވަގުތުތަކެއް ނަގާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. ނަމަވެސް ސައިންޓިފިކަލީ އެހެން ގައުމުތަކުން އިބުރަތް ލިބިގަންނައިރު ރާއްޖޭގެ ނަމްބަރުތައް އަދި އިތުރުވެދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެއީ ބޮޑު ޕީކެއްގެ ގޮތުގައި ވުމަކީ އެކަށީގެންވާ ކަމެއްގެ ގޮތުގައި ވިދާޅުވިއެވެ.

”ދެން އަޅުގަނޑުމެންގެ އަބަދުވެސް އުންމީދަކީ ވީވަރަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްކުރުމަށް. ކުރެވޭ ހުރިހާ މަސައްކަތެއް ކުރަނީ އެގޮތަށް. އެހެން ނަމަވެސް މި ކަމުގައި ސައިންސެއް އޮވޭ، ހިސާބު ނަންބަރު ޖެހޭ. ހިސާބު އަކުރު ދައްކަނީ ކުރިއަށް އޮތް ދެ ހަފްތާގައި، މިހާރު ރާއްޖޭގައި ޕޮޒިޓިވްވާ ކޭސްތަކަށް ބަލާއިރުގައި އިތުރު ކޭސްތަކެއް ފެންނަ ވަރު އިތުރުވެ، ޕީކުވެގެން ގޮސްދާނެ ކަމަށް“ މަބުރޫކް

މަބްރޫކް ވިދާޅުވީ، އަދަދުތައް އިތުރުވެގެންދާނެ ކަމަށް ލަފާ ކުރެވޭއިރު ކަރަންޓީން ފެސިލިޓީތަކުގެ ބޭނުން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށެވެ. ހާއްސަކޮށް މާލޭގެ ހާލަތާއި އެއްވަރަށް ކަންކަން ކުރެވޭނެ އިންތިޒާމުތަކެއް ހުރުމަކީ މުހިންމުކަމެއްގެ ގޮތުގައި މަބްރޫކް ވިދާޅުވިއެވެ. މާލޭގެ ހާލަތު ގޯސްވަމުން ދާއިރު، މިތަނަށް އައުމަކީ އެންމެ ރައްކާތެރި ގޮތެއް ނޫން ކަމުގައި މަބްރޫކް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ބައެއް ހައި ރިސްކު އޭރިއާތަކުން ސާމްޕަލްތަކެއް ނަގަން ޖެހޭ ކަމަށެވެ. އޭގެ ތެރޭގައި ބިދޭސީން ދިރިއުޅޭ ގެތައް ހިމެނޭއިރު އެ ގަތަކުން ފެންނަ އަދަދު ވަރަށް ބޮޑުތަނުން އިތުރު ވެގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ޑރ. އަފްޒަލް ވަނި ވިދާޅުވެފައެވެ.

ޑރ. އަފްޒަލް ވިދާޅުވީ، މިހާރު ފެންނަނީ ކަލަސްޓާތަކާއި ގުޅޭ މީހުން ކަމަށެވެ. އަދި މިގޮތަށް ފެންނަ މީހުންގެ ކޮންޓެކްޓުތައް މަދުކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް މިވަގުތު ދެނީ ބަލި ފެތުރޭ މިންވަރު މިނިމައިޒް ކުރުމަށް ކަމަށެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން މާލޭގެ ހާލަތު ވަރަށް ބޮޑުތަނުން ދަށްވެފައިވާއިރު، ހާއްސަ ސަމާލުކަމެއް ބިދޭސީންނަށް ދޭން ޖެހެއެވެ. ބައެއް ބިދޭސީންގެ ދިރިއުޅުމުގެ ހާލަތު ފާހަގަކޮށް، ބަލީގެ ނުރައްކާ އޮތް މިންވަރު ބަލާ 28 ގެއެއް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އަދި އެ ގެތަކުން މީހުން ވަދެ ނިކުތުން ވެސް ވަނީ މަނާ ކުރެވިފައެވެ. ގެ ވަށާ ޓޭޕު ދެމުމަށްފަހު ފުލުހުން އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާއިރު އެ މީހުންގެ ކެއުމުގެ ކަންކަން ފޯރުކޮށްދެމުން ދަނީ މޯލްޑިވްސް ރެޑް ކްރެސެންޓުގެ ފަރާތުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: