ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ޤައުމެއްގެ ފޮރިން މިނިސްޓަރަކާއި، ރާއްޖޭގ ފޮރިން މިނިސްޓަރު ބައްދަލުކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދެ ޤައުމެއްގެ ފޮރިން މިނިސްޓަރަކާއި، ރާއްޖޭގ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަޝްވަރާ ކުރައްވައިފިއެވެ.

ބުދަވިލޭރޭ ފޮރިން މިނިސްޓްރީން ހާމަކުރިގޮތުގައި، ބަހްރެއިންގެ ފޮރިން މިނިސްޓަރު ޑރ. ޢަބްދުއްލަޠީފް ބިން ރާޝިދު އަލް ޒަޔާނީ އާއި ހަންގޭރީގެ ފޮރިން މިނިސްޓަރު ޕީޓަާ ޒިއާޓޯ އަށް މިނިސްޓަރު ޝާހިދު ވަކިވަކިން ފޯނުން ގުޅުއްވައި، މަޝްވަރާ ކުރައްވާފައިވާކަމަށެވެ.

މި ގޮތުން، މިނިސްޓަރު ޝާހިދު ކުރެއްވި ފޯނު ކޯލްތަކުގައި ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ދިވެހިރާއްޖެއިން އަޅަމުންގެންދާ ފިޔަވަޅުތަކާބެހޭ  ގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މީގެ އިތުރުން، މި ވައިރަހުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އިޤުތިޞާދީ ގޮންޖެހުންތަކާބެހޭ ގޮތުން ވެސް، މަޢުލޫމާތު ހިއްސާކުރައްވާފައިވާކަމަށަ މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދުވަނީ، ބަހްރެއިންއާއި، ރާއްޖެއާއި ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް ނަޒަރެއްދެއްވައި ބަހްރެއިންގެ ފޮރިން މިނިސްޓަރާއި ވާހަކަދައްކަވާފައެވެ.

މި ގޮތުން،ދެ ޤައުމުގެ މެދުގައި ސިޔާސީ ގުޅުން ޤާއިމުކުރެވުނުފަހުން މި އަހަރަށް 40 އަހަރު ވާނެކަމަށް މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.

ހަމަ އެހެންމެ ހަންގޭރީގެ ފޮރިން މިނިސްޓަރާއި، ދެއްކެވި ވާހަކަފުޅުގައި، ކޮރޯނާ ވައިރަހުގެ ސަބަބުން ޤައުމުތަކަށް ލިބޭ އިޤުތިޞާދީ ގެއްލުންތަކާއި، މާލީ ގެއްލުންތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢު އެކުއެކީގައި މަސައްކަތްކުރަން ޖެހޭކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވަނީ، ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން ބަހްރެއިންއާއި، ހަންގޭރީން އަޅާފައިވާ ފިޔަވަޅުތަކަށް ތަޢުރީފުކުރައްވާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: