ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ ސިޓީ ލޮކްޑައުންކުރުމާއި ގުޅިގެން، ރަށަށް ނުދެވި ތިބި މީހުން، ރަށަށް ފޮނުވުމުގައި ޢަމަލުކުރާނެ އެސްއޯޕީ ކަނޑައަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީ ލޮކްޑައުންގެ ހާލަތަށް ގެނައުމާއި ގުޅިގެން، ރަށަށް ނުދެވި ތިބި މީހުން އަނބުރާ ރަށަށް ފޮނުވުމުގައި އިސްކަންދޭނެ ތަރުތީބު ޖެންޑަރ މިނިސްޓްރީން ހާމަކޮށްފިއެވެ.

ޖެންޑަރ މިނިސްޓްރީން ބުދަވިލޭރޭ ނެރުނު ބަޔާނެއްގައި ބުނީ، މާލޭ ސިޓީ ލޮކްޑައުންގެ ހާލަތަށް ގެނައުމާއި ގުޅިގެން، އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވިފައިވާ މީހުން ރަށަށް ފޮނުވުމުގައި ޢަމަލުކުރާނެ ގޮތް ކަނޑައަޅައި އެފަދަ މީހުންނަށް ރަށަށް ފުރޭނެ އިންތިޒާމުތައް ގާއިމުކޮށްފައިވާ ކަމަށެވެ. 

ޖެންޑަރ މިނިސްޓްރީން މި އުސޫލު ކަނޑައަޅާފައިވަނީ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީން(އެޗް.ޕީ.އޭ) ޖެންޑަރ މިނިސްޓަރު ޢާއިޝަތު މުޙައްމަދު ދީދީއަށް ފޮނުވި ސިޓީއަކާއި ގުޅިގެންނެވެ. 

މި ގޮތުން، އެޗްޕީއޭގެ ނަންބަރު 23-L/459/2020/10 ސިޓީގައިވަނީ، މާލެ ސަރަހައްދު ލޮކްޑައުންކުރުމާއި ގުޅިގެން، އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވިފައިވާ މީހުން ރަށަށްދެވޭނެ ގޮތް ހެދުމުގެ ގޮތުން، އެ ފަދަ މީހުން 14 ދުވަހަށް ކަރަންޓީނުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. 

އެހެންކަމުން އެ ފަދަ މީހުން ފޮނުވުމުގައި ޢަމަލުކުރާނެ އުސޫލާއި އިސްކަންދޭ ތަރުތީބު ކަނޑައަޅައި، ކޮވިޑް-19 އާއި ގުޅޭ ކަންކަން ވިލަރެސް ކުރަމުން އަންނަ ޓާސްކްފޯސްއިން ކަނޑައަޅާ އިންތިޒާމުގެދަށުން މީހުން ފޮނުވުމުގެ ކަންތައްތައް ކުރިއަށް ގެންގޮސްދިނުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. 

މި ކަމާއި ގުޅިގެން ޖެންޑަރ މިނިސްޓްރީން ބުނީ، އެކިއެކި ސަބަބުތަކާހުރެ ރަށަށް ފުރޭނެގޮތެއް ނެތިފައިވާ މީހުން ރަށަށް ފޮނުވުމަށްޓަކައި ލޮކްޑައުން ކޮމެޓީން ”މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތަށް ގެނައުމާއި ގުޅިގެން، އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި މީހުން އަނބުރާ ރަށަށް ފޮނުވުމުގައި ޢަމަލު ކުރާނެ ގޮތްތަކުގެ މިންގަނޑު (އެސްއޯޕީ)“ ކަނޑައަޅާފައިވާ ކަމަށެވެ. 

މި ގޮތުން އެސްއޯޕީގެ ތަރުތީބަށް ބަލާއިރު، އެންމެ ފުރަތަމަ އިސްކަންދީފައިވަނީ، އާސަންދަ ނުވަތަ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޮތޯރިޓީ (އެންއެސްޕީއޭ) ގެ އެހީތެރިކަމާއެކު ބޭސްފަރުވާއަށް މާލެ އައިސް އެނބުރި ރަށަށް ނުފުރިފައިވާ މީހުންނަށެވެ. 

ދެވަނައަށް އިސްކަންދީފައިވަނީ، ޢުމުރުން 5 އަހަރުންދަށުގެ ކުދިންނާއެކު ބޭސް ފަރުވާކުރުމަށް މާލެ އައިސްފައިވާ މީހުންނާއި،  ވިހެއުމަށް މާލެ އައިސްފައިވާ އަންހެނުންނާއި، އެ މީހުންގެ ޢާއިލާގެ މީހުންނަށެވެ.

އޭގެ އިތުރުން 3 ވަނައަށް އިސްކަންދޭނީ،  ބޭސްފަރުވާއަށް މާލެ އައިސްފައިވާ ޢުމުރުން 65  އަހަރުންމަތީ ބަލިމީހުންނަށާއި، އެ މީހުން ބަލަހައްޓާ މީހުންނަށް ކަމަށެވެ.

4 ވަނައަށް އިސްކަންދީފައިވަނީ،  ބޭސް ފަރުވާއަށް މާލެ އައިސްފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި،އެ މީހުންގެ އެހީތެރިންނާއި، ނަފްސާނީ ބައްޔަށް ފަރުވާކުރަމުންދާ މީހުންގެ ތެރެއިން، ވަގުތީ ގޮތުން މާލެ އައިސް އަނބުރާ ދިރިއުޅޭ ރަށަށް ނުދެވިފައިވާ މީހުންނަށެވެ.

ހަމައެއާއެކު ދެން އިސްކަންދީފައިވަނީ،  ބޭސް ފަރުވާއަށް ނުވަތަ އެހެނިހެން ބޭނުންތަކަށް މާލެ އައިސްފައިވާ ދާއިމީ ބައްޔަށް ބޭސް ފަރުވާ ކުރަމުންދާ މީހުންނަށާއި،  އެ މީހުންގެ އެހީތެރިންނަށެވެ. 

6 ވަނައަށް އިސްކަންދީފައިވަނީ، ރަށަށް ދިއުމަށްޓަކައި އޭޕްރީލް 15 ވަނަ ދުވަހާއި،  އޭޕްރިލް ވިހިވަނަ ދުވަހާއި ދެމެދުގެ މުއްދަތުގައި ޓިކެޓްނަގާފައިވާ މީހުންނަށެވެ.

7 ވަނައަށް އިސްކަންދީފައިވަނީ، ރާއްޖޭން ބޭރުން މާލެ އައިސްފައިވާ މީހުންގެތެރެއިން 14 ދުވަހުގެ މުއްދަތުގެ ކަރަންޓީން ފުރިހަމަކޮށް އެނބުރި ރަށަށް ނުފުރިފައި ތިބި ކިޔަވާ ކުދިންނާއި އެ ކުދިންގެ އާއިލާތަކަށެވެ.

އެއަށްފަހު އިސްކަންދީފައިވަނީ، ވަޒީފާ އަދާ ކުރަމުންގެންދާ ރިސޯޓު ލޮކްޑައުން ކުރުމުން ނުވަތަ ރިސޯޓު ވަގުތީ ގޮތުން ބަންދު ކުރުމުން ރަށަށް ދިއުމަށްޓަކައި މާލެ ގޮސްފައިވާ މީހުންނަށެވެ.

މީގެ އިތުރުން، ދެން އިސްކަންދޭނީ،  ޖަލު ހުކުމް ތަންފީޒުކުރުމަށްފަހު، މާލެ ގޮސްފައިވާ މީހުންގެތެރެއިން އެނބުރި ރަށަށް ނުފުރި ޙާލުގައި ޖެހިފައިވާ މީހުންނަށެވެ.

ހަމައެހެންމެ ތަރުތީބަށް ބަލައިލާއިރު، އެހެނިހެން ބޭނުންތަކާއި ގުޅިގެން ރަށަށް ދާންބޭނުންވާ މީހުން ނުވަތަ ވަޒީފާ ގެއްލުމާއި ގުޅިގެން، އާމްދަނީ ހޯދުމަށް ކުރަމުން ދިޔަ މަސައްކަތް ހުއްޓުމުން ރަށަށް ދާންބޭނުންވާ މީހުންނަށް އިސްކަންދީފައިވެއެވެ. 

11 ވަނައަށް އިސްކަންދީފައިވަނީ، ދަރިން/ ބެލެނިވެރިކަން ހަވާލުވެފައިވާ ކުދިންނާއި،  މުސްކުޅި މައިންބަފައިންނާއި، ނުކުޅެދުންތެރިކަން ހުންނަ އާއިލާގެ މެންބަރުން އެކަނި ނުވަތަ ވަގުތީ ގޮތުން އެހެން ބަޔަކާއި ބެލުން ހަވާލުކޮށްފައިވާ މީހުންކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ. 

12 ވަނައަށް އިސްކަންދީފައިވަނީ، އަމިއްލަ ބޭނުންތަކަށް މާލެ އައިސްފައިވާ އެކަނި ދިރިއުޅެމުންދާ އަންހެނުންނާއި، އުމުރުން ދުވަސްވީ މުސްކުޅިންކަމަށް ވެސް ޖެންޑަރ މިނިސްޓްރީން ބުނެއެވެ. 

މީގެ އިތުރުން، ޖެންޑަރ މިނިސްޓްރީން ބުނީ، 13 ވަނައަށް އިސްކަންދޭން ނިންމާފައިވަނީ، ކޮވިޑް-19އާއި ގުޅިގެން ކުރިމަތިވެފައިވާ މާލީ އަދި އިޖްތިމާޢީ ގޮންޖެހުންތަކުގެ ސަބަބުން މާލޭގައި ދިރިއުޅެވެން ނެތަތީވެ، އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ މީހުންކަމަށެވެ.

އެއަށްފަހު އިސްކަންދޭނީ، މާލޭސިޓީން އާމްދަނީ ހޯދޭނޭ ދޮރުތައް ބަންދުވެ، ރާއްޖޭގެ އެހެން ރަށަކުން ހޯދޭނޭ ގޮތްތައް މަގުފަހިވެ، ދިރިއުޅުން އެ ފަދަ  ރަށެއްގައި އާބާދުކުރަން އެދޭ މީހުންނަށްކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ. 

ހަމަ އެހެންމެ ތަރުތީބުގެ އެންމެ ފަހަތުގައިވަނީ، އަމިއްލަ ބޭނުންތަކުގައި މާލެ އައިސްފައިވާ އެހެނިހެން މީހުންކަމަށް ވެސް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.

ޖެންޑަރ މިނިސްޓްރީން ހާމަކުރިގޮތުގައި، ރަށަށް ފޮނުވުމުގައި އެންމެ ފުރަތަމަ ބަލާނީ، އޭޕްރިލް  1ވަނަ ދުވަހު ނުވަތަ އޭގެ ފަހުން އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި މީހުންނަށްކަމަށެވެ.

ޖެންޑަރ މިނިސްޓްރީން ވަނީ، އެސް.އޯ.ޕީގެ 3 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ މީހުންގެތެރެއިން، ރަށަށް ދިއުމަށްޓަކައި މިހާތަނަށް ރިޕޯޓްކޮށްފައިނުވާ ފަރާތްތަކުން 1421 އަށް ގުޅައިގެން ރިޕޯޓުކުރުމަށް ވެސް އަންގާފައެވެ. 

މި ގޮތުން ރިޕޯޓުކުރެވޭނީ، ހެދުނު 10:00 އިން ފެށިގެން ހަވީރު 17:30 އަށް ކަމަށާއި، ރޭގަނޑު 20:00 އިން ފެށިގެން، 23:00 އަށްކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން support.covid19@gender.gov.mv ނުވަތަ އެ ރަށެއްގެ ކައުންސިލަށް ރިޕޯޓުކުރެވޭނެ ކަމަށް ވެސް ޖެންޑަރ މިނިސްޓްރީންވަނީ ބުނެފައެވެ.

 

އެސް.އޯ.ޕީގެ 3 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ފަރާތްތައް:

1.ޖަލު ހުކުމް ތަންފީޒުކުރުމަށްފަހު މާލެ އައިސްފައިވާ ފަރާތްތަކުގެ ތެރެއިން އެނބުރި ރަށަށް ނުފުރި ޙާލުގައި ޖެހިފައިވާ ފަރާތްތައް.

2. އެހެނިހެން ބޭނުންތަކާއި ގުޅިގެން ރަށަށް ދާންބޭނުންވާ ފަރާތްތައް (މިސާލަކަށް ވަޒީފާ ގެއްލުމާއި ގުޅިގެން، އާމްދަނީ ހޯދުމަށް ކުރަމުން ދިޔަ މަސައްކަތް ހުއްޓުމުން)

3. ދަރިން/ ބެލެނިވެރިކަން ހަވާލުވެފައިވާ ކުދިން، މުސްކުޅި މައިންބަފައިން އަދި ނުކުޅެދުންތެރިކަން ހުންނަ އާއިލާގެ މެންބަރުން އެކަނި ނުވަތަ ވަގުތީ ގޮތުން އެހެން ބަޔަކާއި ބެލުން ހަވާލުކޮށްފައިވާ ފަރާތްތައް.

4. އަމިއްލަ ބޭނުންތަކަށް މާލެ އައިސްފައިވާ އެކަނި ދިރިއުޅެމުންދާ އަންހެނުންނާއި، އުމުރުން ދުވަސްވީ ފަރާތްތައް.

5. ކޮވިޑް-19އާއި ގުޅިގެން ކުރިމަތިވެފައިވާ މާލީ އަދި އިޖްތިމާޢީ ގޮންޖެހުންތަކުގެ ސަބަބުން މާލޭގައި ދިރިއުޅެވެންނެތި، އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތައް.

6. އާމްދަނީ ހޯދޭނޭ ދޮރުތައް މާލެއިން ބަންދުވެ، ރާއްޖޭގެ އެހެން ރަށަކުން ހޯދޭނޭ މަގުފަހިވެ، ދިރިއުޅުން އެފަދަ ފުރުސަތު އޮތް އެހެން ރަށެއްގައި އާބާދުކުރަން އެދޭ ފަރާތްތައް.

7. އަމިއްލަ ބޭނުންތަކުގައި މާލެ އައިސްފައިވާ އެހެނިހެން ފަރާތްތައް.

ޖެންޑަރ މިނިސްޓްރީން ބުނިގޮތުގައި، ރަށްރަށަށް ދިއުމަށް ހުށަހަޅާ މީހުން، ސަރުކާރުން އަންގާގޮތެއްގެ މަތިން 14 ދުވަހުގެ މުއްދަތުގެ ކަރަންޓީނު ފުރިހަމަކުރަން ޖެހޭނެއެވެ.

މި ގޮތުން، ކަރަންޓީނު ކުރުމަށް ކަނޑައަޅާފައިވަނީ،  ސަރުކާރުން އެކަމަށް ހަމަޖައްސާފައިވާ ފެސިލިޓީތަކުގައިކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: