ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީންދީދީގެ ދަރިކަނބަލުން އަވަހާރަވެއްޖެ

ފޮޓޯ:އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ސުއްމުވުލްއަމީރު އަލްމަރުޙޫމް މުޙައްމަދު އަމީންގެ ދަރިކަނބަލުން އައްނަބީލާ އަމީނާ މުޙައްމަދު އަމީން އަވަހާރަވެއްޖެއެވެ.

އައްނަބީލާ އަމީނާ މުޙައްމަދު އަމީން އަވަހާވަރަވީ އާލާސްކަންފުޅާ އުޅުއްވަނިކޮށް މީގެ ކުޑައިރުކޮޅެއް ކުރިން އެ ކަމަނާގެ އަމިއްލަ ގެކޮޅުގައެވެ. 

އައްނަބީލާ އަމީނާއަކީ ސުއްމުވުލްއަމީރު އަލްމަރުޙޫމް މުޙައްމަދު އަމީނު ދޮށިމޭނާކިލެގެފާނާއި ފަޟީލަތުއްޝައިޚު އަލްމަރުޙޫމް ޙުސެއިން ޞަލާޙުއްދީނުގެ ދި އަލްމަރުޙޫމާ ފާޠިމަތު ސަޢީދުގެ ދެމަފިރިކަނބަލުންނަށް ލިބިވަޑައިގެންނެވި 3 ބޭފުޅުންގެ ތެރެއިން އެންމެ ފަހުން ދުނިޔޭގައި ހުންނެވި ކަނބަލެވެ.

ޢުމުރުފުޅުން ފަންސަޔާހި (85) އަހަރުގައި، އެ ކަމަނާ އަވަހާރަވިއިރު، އެ ކަމަނާގެ ފިރިކަލުންނާއި 4 ބޭފުޅުން ދުނިޔޭގައި އެބަތިއްބެވެ.

އެއީ އިބްރާހިމް ފައިޞަލްއާއި އަމީން ފައިޞަލް އާއި،  ފަރަހަނާޒް ފައިސަލް ގެ އިތުރުން ސުވޭކާރު ޢަބްދުލްޙަމީދެވެ.

މާތް ﷲ އެ ކަމަނާގެ ފުރާނައަށް ރަޙްމަތްލައްވާށި! އާމީން!

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: