ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކެއް މޭގައި އަންނާނެ ކަމަށް އަމީން ވިދާޅުވި ވެންޓިލާޓަރު އަންނާނީ މާދަމާ:މަބްރޫކް

ހެލްތް މިނިސްޓަރ އަބްދުﷲ އަމީން އަދި ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން ކުރަމުންދާ މަސައްކަތުގެ ދަށުން ރާއްޖެއަށް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ގެންނަން ނިންމާފައިވާ 200 ވެންޓިލޭޓަރުގެ ތެރެއިން އެކެއް މޭގައި އަންނާނެ ކަމަށް މިނިސްޓަރ އޮފް ހެލްތް އަބްދުﷲ އަމީން ވިދާޅުވި ވެންޓިލޭޓަރުތައް ރާއްޖެ އަންނާނީ މާދަމާ ކަމަށް ނެޝަނަލް އިމަޖެންސީ ސެންޓަރުން ހާމަކޮށްފިއެވެ. 

އެކެއް މޭގައި 18 ވެންޓިލޭޓަރު ރާއްޖެ އަންނާނެ ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ވެންޓިލޭޓަރުތަކާއި ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މަންޗަން ގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ލިޔުމުން ފޮުނުއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ. 

އަމީން ވިދާޅުވި ގޮތުގައި މެކްޓެކްއާ ހަވާލު ކުރި ވެންޓިލޭޓަރުތަކުގެ ތެރެއިން 18 ވެންޓިލޭޓަރު އަންނަ މަހުގެ އެކެއްގައި ރާއްޖެ ގެނެވޭނެ ކަން އެ ކުންފުނިން އަންގާފައިވާއިރު އިތުރު 10 ވެންޓިލޭޓަރު މެއި މަހުގެ 15 ގައި ގެނެވޭނެ ކަމަށް ވެސް އަންގާފައިވާ ކަމަށާއި ބާކީ ހުރި ވެންޓިލޭޓަރުތައް ގެނެވޭނެ ދުވަސް ކަށަވަރުވުމުން މިނިސްޓްރީއާ ހިއްސާ ކުރާނެ ކަމަށެވެ. ނާޑް ކުންފުނިން ގެންނަން ނިންމި 20 ވެންޓިލޭޓަރު ކަމަށާއި އެ އުފައްދާ ކުންފުނީގެ ފަރާތުން އުފެއްދުން ލަސްވެފައި އޮތުމުގެ ސަބަބުން އިތުރު ގޮތްތަކެއް ހޯދަމުންދާ ކަމަށް އަންގާފައި އޮތް ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

މިނިސްޓަރ އަމީން ވިދާޅުވި ގޮތަށް ވެންޓިލޭޓަރުތައް ރާއްޖެއަިސްފައި ނުވާތީ އެކަމާއި ގުޅޭ ގޮތުން އަންގާރަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސަރުކާރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ވެންޓިލޭޓަރުތައް ގެނައުމުގައި ދަތިތަކެއް އަބަހުރި ކަމަށާއި ނަމަވެސް ކުރިން މައުލޫމާތު ލިބިފައި އޮތީ އެކެއް މޭގައި ބއެއް ވެންޓިލޭޓަރުތައް ލިބޭނެކަން އަންގާފައިވާ ކަމަށެވެ. ނަމަވެސް މިހާރު އެކެއް މޭގައި ލިބޭނެ ކަމަށް ބުނި ވެންޓި؛ޭޓަރުތައް ލިބޭނީ ބުރާސްފަތި ދުވަހު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ވިދާޅުވީ ވެންޓިލޭޓަރު ގެނައުމުގެ މަސައްކަތް އެކިއެކި ފަރާތްތަކުން ކުރަމުންދާ ކަމަށާއި އެއީ އަވަހަށް ބޭނުންވާ ސާމާނުކަން ގަބޫލު ކުރައްވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. 

މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހައިތަމް، ހެލްތު މިނިސްޓަރާ ކުރެއްވި ސުވާލަށް ލިޔުމުން އަމީން ދެއްވި ޖަވާބުގައި ވިދާޅުވީ ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާ ވެންޓިލޭޓަރުތައް އެންމެ ފުރަތަމަ ގެނައުމަށް ހަވާލުކުރީ އެސްޓީއޯ، މެކްޓެކް އަދި ނާޑް ކިޔާ ކުންފުންޏަކަށް ކަމަށެވެ. އެ ތިން ކުންފުންޏަކީ ވެސް ހެލްތު މިނިސްޓްރީއަށް މީގެކުރިންވެސް ސިއްހީ ސާމާނުތައް ސަޕްލައި ކޮށްދީފައިވާ ކުންފުނިތައް ކަމަށް އަމީން ފާހަގަކުރެއްވިއެވެ.

އަމީން ވިދާޅުވީ މެކްޓެކް އަދި ނާޑަށް ހަވާލުކުރި ވެންޓިލޭޓަރުތައް ލިބުމުގައި ލަސްތަކެއް އުޅޭ ކަމަށް ގަބޫލުކުރެވޭތީ ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިން އިން އަގު ހޯދައި ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ ތެރެއިން ވެންޓިލޭޓަރުތަކެއް ސަޕްލައި ކުރަން ހަވާލު ކުރެއްވި ކަމަށެވެ.

އަމީން ވިދާޅުވީ ވެންޓިލޭޓަރުތައް އަވަހަށް ހޯދަން ބޭނުންވާތީ ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ ދަށުން ދެ ކުންފުންޏަކަށް ހަވާލުކޮށްފައިވާ ކަމަށް އަމީން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ދެ ކުންފުންޏަކީ މެކްޓެކް އާއި ނާޑް ކަމަށެވެ. އެހެންނަމަވެސް ވެންޓިލޭޓަރުތައް ގެނައުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށާއި އެންމެ ބޮޑު ދައްޗަކީ ވެންޓިލޭޓަރުތައް އުފައްދާ ގައުމުތައް ލޮކްޑައުން ކޮށްފައި އޮތުމުން ކަމަށް އަމީން ވިދާޅުވިއެވެ. އަދި އެއީ ކޯޓޭޝަން ހޯދި އިރު، ކުންފުނިތަކުން އުންމީދު ކުރި ގޮތެއް ނޫން ކަން ކުންފުނިތަކުން ވަނީ އަންގާފައި ކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވި ގޮތުގައި ކުންފުނިތަކުން ވެންޓިލޭޓަރުތަކުގެ އަގު ދައްކާފައިވާ އިރު، ވެންޓިލޭޓަރު މެނިފެކްޗަ އަތުން ލިބުމާއި ސަޕްލައި ކުރުމުގައި ދަތިތަކެއް ހުރުމުން އެކަމުގެ މައުލޫމާތު މިނިސްޓްރީ އަށް ދިނުމުން، މިނިސްޓްރީން ކުންފުނިތަކާއި ބައްދަލުކޮށް އަވަސް ގޮތެއްގައި ތަކެތި ސަޕްލައި ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ އޮޅުން ފިލުވައި އެކަންކަން ހައްލު ކުރުމަށް ކުރެވޭނެ ކަންކަމާ މެދު މަޝްވަރާކޮށް ކުންފުނިތަކުން އެދުނު ލިޔުންތައް ފޯރުކޮށްދީފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: