ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: ދިވެހި ކޮންމެ ރައްޔިތަކަށް އިނާޔަތެއް ދިނުމަށް ބޮންޑެ ގޮވާލައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ކުރިމަތިބވެފެފައިވާ ކޮވިޑް-19 ގެ ބަލާއާފާތުގެ ސަބަބުން އާންމު ރައްޔިތުންގެ މާލީ ހާލަތު ދަށްވަމުންދާތީ، ސަރުކާރުން ކޮންމެ ދިވެހި ރައްޔިތަކަށް އިނާޔަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ގޮވާލައްވައިފި އެވެ.

ބުދަ ދުވަހު ޖަލްސާގައި ވާހަކަ ދައްކަވަމުން ބޮންޑެ ވިދާޅުވީ އެންމެ ފުރަތަމަ އިސްކަމެއް ދޭން ޖެހެނީ ރައްޔިތުންގެ ފުރާނައާއި ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމެވެ. ނަމަވެސް ބައިނަލް އަގްވާމީ އިގްތިސާދީ އަދި މާލީ އިދާރާތަކުގެ ލަފައާ އެއް ގޮތަށް ހަގީގަތުގައި މަސައްކަތް ނުކުރެވޭ ކަމަށް ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެ ވިދާޅުވީ އިގްތިސާދު ރިކަވާ ކުރުމުގެ މަސައްކަތަކީ ރައްޔިތުންގެ ފުރާނައާއި ސިއްހީ ރައްކާތެރިކަމާއި ރައްޔިތުންގެ ދިރިއުޅުން އާރާސްތުކޮށް ރައްކާތެރި ކުރުމަށް ފަހުގައި ކުރަން އޮންނަކަމެއް ކަމަށެވެ.

މަޖިލިހުގެ ޖަލްސާގައި އިގްތިސާދީ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވަމުން ބޮންޑޭ ވިދާޅުވީ ކޮންމެ ފަރުދަކަށް އެލަވަންސެއް ދިނުމުގެ އިތުރުން އިކޮނޮމިކް ރިކަވަރީ ޓެކްސްގެ ނަމުގައި ޓެކުހެއް ނަގަން ސަރުކާރަށް ހުށަހަޅުއްވާ ކަމަށް ބޮންޑެ ވިދާޅުވިއެވެ.

މި ވަގުތު މާލީ ހާލަތު ދަށްވާ ރައްޔިތުންނަށް އެހީތެރިކަން ދިނުމަށް ކަމަށާއި ކޮންމެ ދިވެއްސަކަށް 5،000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދުގެ އިނާޔަތެއް ސަރުކާރުން ދިނުމަށް ބޮންޑެވަނީ ގޮވާލައްވާފައެވެ.

”އަޅުގަނޑު ހަމަ ގޮވާލަން ސަރުކާރުން ކޮންމެ ފަރުދަކަށް 5،000 ރުފިޔާ އާއި 10،000 ރުފިޔާގެ އެލަވަންސްއެއް ދޭން. ދެން މި ހާލަތު ނިމުން އިކޮނޮމިކް ރިކަވަރީ ޓެކްސްއެއް ތައާރަފު ކުރަންވީ. އެ ޓެކްސް ނަގާނެ ޝެޑިއުލްއެއް ހަމަޖައްސައި މި ފައިސާ އަނބުރާ ދައުލަތަށް ނެގޭނެ، ކުރެވިދާނެ ކަމެއް އެއީ ޖީއެސްޓީ އިތުރު ކުރުން ވެސް، އެހެންވީމަ މިހާރު ބޭނުން ޖެހިފައި ތިބި މީހުންނަށް، ވަޒީފާ ގެއްލިފައިވާ މީހުންނާއި އެހެނިހެން މަސައްކަތް ކުރާ މީހުންނަށް މިހާރުން މިހާރަށް މި ފައިސާ ފޯރުކޮށްދޭން ޖެހޭނެ“ ބޮންޑެ ވިދާޅުވި އެވެ.

މީގެ އިތުރުން ބޮންޑެ ވިދާޅުވީ އިގްތިސާދީ މަސައްކަތްތައް އަލުން ފެށުމަށް ދުނިޔޭގެ ގައުމުތަކުން އަމަލު ކުރަމުން އަންނަ ގޮތަށް ރާއްޖޭގެ ކަންކަން ވެސް ބަދަލު ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ބޮންޑޭ ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އާއި ދުނިޔޭގެ ފަންނީ މާހިރުންގެ ލަފާގެ ތެރޭގައި ތިން ކަމެއް ފާހަގަކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

މަޖިލީހުގެ އިގްތިސާދީ ކޮމިޓީން މައްސަލަ ދިރާސާކޮށް އެކުލަވާލި ރިޕޯޓުގައި ވަނީ ވަޒީފާ ގެއްލޭ ފަރާތްތަކުގެ އެލަވަންސްގައި އަމިއްލަ މަސައްކަތް ކުރާ މީހުން ނުވަތަ ފްރީލާންސަރުން ހިމަނަން ހުށަހަޅައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: