ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ މިސްރާބު ބަދަލުކުރަން 2028 ގެ އެމްޑީޕީ ރިޔާސީ ޕްރައިމެރީއަށް ނިކުންނަން ތައްޔާރު: ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ މިސްރާބު ބަދަލުކޮށް، އާންމު މެންބަރުންގެ ވެރިކަމެއް ގާއިމުކުރުމަށްޓަކައި ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވާދަކުރައްވާނެކަމަށް އިއުލާނު ކުރައްވާފައިވާ ޑރ. ޝަމްހީދު ”ސަންގު“ އަށް ވިދާޅުވީ، އެމްޑީޕީ ވެސް އަދި މި ގައުމު ވެސް ދާން ބޭނުންވާ ހިސާބަށް އަދި ގެންދެވިފައި ނުވާ ކަމަށެވެ. އަދި މިހާރު ރާއްޖޭގައި ބޮޑަށް ފެންނަމުންދަނީ މަދު ”ބޮޑުންތަކެއްގެ“ ވެރިކަމެއްގެ ގޮތުގައި ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ރާއްޖެއަށް މިހާރު ބޭނުންވަނީ އާންމު ރައްޔިތުންގެ ބައިވެރިވުން ފުރިހަމައަށް އެކުލެވޭ ތަހުޒީބީ ވެރިކަމެއް ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ އާންމު މެންބަރުންގެ ސީދާ ވެރިކަމެއް ގާއިމުކުރުމަށް ކުރައްވާ މަސައްކަތުގައި އެންމެހައި މެންބަރުން ބައިވެރިވުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

މީގެއިތުރުން ޑރ. ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނީ ޕާޓީގެ އެތެރޭގެ އެއްބައިވަންތަކަމާއި އެކުވެރިކަން ވަރުގަދަކޮށްގެންނެވެ. އެހެންކަމުން އޭނާ ނިކުންނަވާނީ ޕާޓީގެ އެންމެހައި މެންބަރުންނާއި، ކުރީގެ އިސް ބޭފުޅުންނާއި މިހާރުގެ ލީޑަރުންގެ އިތުރުން ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެހެން ބޭފުޅުންނާ ވެސް ގުޅިގެން މަސައްކަތް ކުރައްވާނެ ކެންޑިޑޭޓެއްގެ ގޮތުގައިކަމަށް ވިދާޅުވި އެވެ.

ޝަމްހީދު ވިދާޅުވީ ޕާޓީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންފިނަމަ، އެންމެން ގޮވައިގެން އެކުގައި ނުކުމެ، ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ވެސް ބައިވެރިވުމާއެކު ގައުމުގެ ކުރިއެރުމާއި މުސްތަގުބަލަށްޓަކައި މަސައްކަތް ކުރައްވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: