ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާޒީގެ ތަޖުރިބާތަކާއެކު ސަރުކާރުގެ މިސްރާބު ހުރީ ހަމަޖެހުމާއި ތަރައްގީ އަދި ރައްކާތެރިކަން ކަށަވަރުކުރުމަށް: ރައީސް

ޕީއެންސީ ކޮންގްރެސް، މަތީ މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތު
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭތުވެދިޔަ އެތައް އަހަރެއްގެ ސިޔާސީ ދަތުރުގައި ތަޙައްމަލުކުރަން ޖެހުނު ގޮންޖެހުންތަކާއި، އެ މުއްދަތުގައި ލިބުނު ކާމިޔާބީތަކާއި އަދި ކުރިމަތިވި ނާކާމިޔާބީތަކުގެ ތަޖުރިބާއިން ލިބުނު ފިލާވަޅުތަކާއެކު، ސަރުކާރުގެ ސިޔާސަތުތަކާއި ޕީއެންސީގެ މުޅި ފަލްސަފާ ބިނާކޮށްފައިވަނީ ހަމަޖެހުމާއި، ތަރައްގީ އަދި ރައްކާތެރިކަން ކަށަވަރުކުރުމުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ސޯޝަލް ސެންޓަރުގައި ކުރިޔަށް ދާ، ޕާޓީގެ ކޮންގްރެސް ރަސްމީ ޖަލްސާގަ އެވެ.

މިރޭގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ޕީއެންސީ އަކީ ޒިންމާދާރު ސިޔާސަތުތަކެއް ގެންގުޅޭ ޕާޓީއެއް ކަމަށާއި، މި ޕާޓީގެ މުޅި ފަލްސަފާއާއި ސިޔާސީ ވިސްނުން އެއްކޮށް ގުޅިފައިވަނީ އެންމެ ފުރަތަމަ ގައުމު އިސްކުރުމުގެ މަތިވެރި އަސާސްއަށް ކަމަށެވެ. ރައީސް ވިދާޅުވީ، ދިވެހިރާއްޖެއަކީ އެންމެންގެ ހިތާއި ރޫހާ ގުޅިފައިވާ ހަމައެކަނި ގައުމު ކަމަށެވެ. އެހެންކަމުން މާތްވެގެންވާ އިސްލާމްދީނަށް ނަސްރު ދިނުމާއި، ދިވެހި ގައުމިއްޔަތު އާލާކޮށް ދިރުވުމުގެ އިތުރުން، އެތެރޭގެ އަދި ޚާރިޖީ ހުރިހާ ސިޔާސަތެއްގައިވެސް ދިވެހި ގައުމުގެ މަސްލަހަތު ކުރިއަށް ނެރުމަކީ މި ސަރުކާރާއި ޕާޓީގެ އެންމެ މުހިންމު ބިންގާ ކަމުގައި ފާހަގަކުރެއްވިއެވެ.

މާޒީގައި ކުރެވުނު އެތައް ތަޖުރިބާތަކާއި ދަތުރުތަކުގައި ލިބުނު ކާމިޔާބީއާއި ކުރިމަތިވި ނާކާމިޔާބީތަކުން އިބުރަތް ހާސިލުކޮށް، ޕާޓީ ކުރިއަށްދާނީ ގައުމު އިސްކުރުމުގެ ފިކުރުގައިކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުން ތަންފީޒުކުރާ ސިޔާސަތުތަކާއި ޕާޓީގެ މުޅި މަސައްކަތް ބިނާކޮށްފައިވަނީ ހަމަޖެހުމާއި، ތަރައްގީ އަދި ރައްކާތެރިކަން، މި ތިން ކަމުގެ މައްޗަށްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ބޭނުންވާ އަސާސީ އަދި އުމްރާނީ އެކި ކަންކަން ފުރިހަމަކޮށްދިނުމުގައާއި، ގައުމު ތަރައްގީގެ މަތީ ހަރުފަތްތަކަކަށް ގެންދިއުމަށް ކުރެވޭ މަސައްކަތްތައް ކުރިއަށްދާނީ މި އަސާސްތަކުގެ މައްޗަށް ބިނާވެގެން ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ވޭތުވެދިޔަ އެތައް އަހަރެއްގެ މާޒީގައި ސިޔާސީ ގޮތުން ކުރެވުނު ދިގު ދަތުރުތަކާއި، ތަހައްމަލުކުރަން ޖެހުނު ތަފާތު ތަޖުރިބާތަކުގައި ލިބުނު ބޮޑެތި ކާމިޔާބީތަކާއި އަދި ކުރިމަތިވި ހިތި ނާކާމިޔާބީތަކަކީ މިއަދު މި ސިޔާސީ ފިކުރު މި ހިސާބަށް ވާސިލުވުމަށް އެޅުނު އެންމެ މުހިންމު ބިންގާ ކަމަށެވެ. އެހެންކަމުން، މި ތަޖުރިބާތަކުގެ އަލީގައި މި ޕާޓީ އަދި ސަރުކާރު ކުރިއަށްދާނީ ހަމައެކަނި ގައުމީ މަސްލަހަތު އެންމެ އިސްކުރުމުގެ މަތިވެރި ފަލްސަފާގެ މަތީގައިކަމަށް ވިދާޅުވިއެވެ.

މި މަސައްކަތުގެ މުޅި އަސާސް ބިނާވެފައިވަނީ ހަމަޖެހުމާއި، ތަރައްގީ، އަދި ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގެ މައްޗަށްކަމަށާއި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދީ ގައުމު ތަރައްގީގެ އައު އުސްމިންތަކަކަށް ގެންދިއުމުގެ ސިޔާސަތުތައް އެކުލަވާލެވި ތަންފީޒުވަމުންދާނީ މި މައިގަނޑު ތިން އަސާސްގެ މައްޗަށްކަމަށް ތަކުރާރު ކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: