ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ހެރެތެރެ ރިސޯޓުގައި ކަރަންޓީނު ކުރި ބަޔަކު ފިލި މައްސަލައެއް!

އައްޑޫގެ ހެރެތެރެ ރިސޯޓުން ފިލާފައިވަނީ ފަސް މީހެއް - ފޮޓޯ: ޓްރިފް އެޑްވައިޒާ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫގެ ހެރެތެރަ އައިލޭންޑު ރިސޯޓުގެ ކަރަންޓީން ފެސިލިޓީއަށް ގެންދިޔަ ބަޔަކު ފިލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ކަރަންޓީން ފެސިލިޓީއަކަށް ގެންދިޔަ ފަސް މީހަކު ފިލާފައިވާތީ ފުލުހުން ވަނީ އެ މައްސަލަ ބަލަން ފަށާފައެވެ. ފިލި މީހުންގެ ތެރެއިން އެކަކު މިހާރު ވަނީ ހޯދާފައެވެ. ބެލެވޭ ގޮތުން ފިލައިގެން އެ މީހުން ގޮސްފައިވަނީ، ހެރެތެރެއާއި އިން ވެގެން އޮންނަ ހުޅުދޫ-މީދޫ އަށެވެ.

މިއީ ކަރަންޓީން ފެސިލިޓީއަކުން ބަޔަކު ފިލައިގެން، މައްސަލައެއް ފެންމަތިވީ ފުރަތަމަ ފަހަރެވެ.

ހެރެތެރެ އޮންނަނީ، ހުޅުމީދޫ އާއި ވަރަށް ކައިރީގައެވެ. ރިސޯޓާއި ރަށް ގުޅުވާފަ އޮންނަނީ 10 ވަރަކަށް ފޫޓުގެ ކޯޒްވޭއަކުންނެވެ. ހެރެތެރެ އައިލޭންޑު މިވަގުތު ބެނުން ކުރަމުން އަންނަނީ، ދެކުނުގެ ރަށްތަކުން ކަރަންޓީނު ކުރާ ފެސިލިޓީއެއްގެ ގޮތުގައެވެ.

ރާއްޖޭގެ ވަރަށް ގިނަ ރިސޯޓުތަކުގައި މީހުން ކަރަންޓީނުކޮށްފައި އެބަތިއްބެވެ. ނަމަވެސް، މިފަދަ އެއްވެސް މައްސަލައެއް މީގެ ކުރިން ފެންމަތިވެފައި ނުވެއެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވަމުން އަންނައިރު، މިގޮތަށް ފެސިލިޓީތަކުން ފިލުމަކީ ކަންބޮޑުވާން ޖެހޭ ސީރިއަސް މައްސަލައެކެވެ. މީގެ ކުރިން ބައެއް ރިސޯޓްތައް ބަން ދުކޮށްފައި ވަނިކޮށް ރިސޯޓްތަކުން މީހުން ވަގަށް ފޭބުމުގެ ސަބަބުން ހައްޔަރު ކޮށްފައި އެބަ ހުއްޓެވެ. އަދި ވަގަށް ރަށްރަށަށް އަރަނިކޮށް ވެސް މީހުން ހައްޔަރު ކޮށްފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: