ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާ ވައިރަހުގެ ޓެސްޓިންއަށް ބޭނުންކުރާ ބައެއް ރީއެޖެންޓްސް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ އިންޑިއާއިންދީފި

ފޮޓޯ: ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަހުގެ ޓެސްޓިންއަށް ބޭނުންކުރާ ބައެއް ރީއެޖެންޓްސް ރާއްޖެއަށް މިހާރު ލިބޭނެ އިންތިޒާމް އިންޑިއާއިން ހަމަޖައްސައިފިއެވެ.

ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ މިނިސްޓްރީ އާއި އިންއިންޑިއާގެ ކަމާބެހޭ ފަރާތްތަކާއެކު ކުރެވުނު މަސައްކަތުން ރާއްޖެއަށް އެ ތަކެތި އެތެރެ ކުރުމުގެ ހުއްދަދީފައިވާކަމަށެވެ.  

މި ގޮތުން، އެސްޓީއޯއިން ކުރިން އޯޑަރު ދީފައިވާ ޓެސްޓް ކިޓްތަކާ، ރީއެޖެންޓްސް އާއި، ވައިރަލް ޓްރާންސްޕޯޓް މީޑިއަމްތައް އެތެރެކުރުމަށް އިންޑިއާއިންމިހާރު ވަނީ ހުއްދަދީފައެވެ.

ފޮރިން މިނިސްޓްރީން ބުނީ، އެ ތަކެތި ރާއްޖެއަށް ގެނައުމުގެ ހުއްދަ ލިބުމާއި ގުޅިގެން، ރާއްޖެއަށް ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަކަމަށެވެ. 

މީގެ އިތުރުން، ކޮވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި މީގެ ކުރިން ވެސް އިންޑިއާއިން އެކްސްޕޯޓްކުރުން މަނާކޮށްފައިވާ ބައެއް ތަކެތި ރާއްޖެއަށް އެތެރެކުރުމަށް އެޤައުމުން ލުއިތަކެއް ދީފައިވާކަން ފާހަގަކުރާކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ. 

އަދި މި ފަދަ ހާލަތްތަކުގައި އިންޑިއާއިން ފޯރުކޮށްދޭ އެހީތެރިކަމަށް ވެސް މިނިސްޓަރު ޝާހިދުވަނީ، ޝުކުރު އަދާކުރައްވާފައެވެ. 

މި ގޮތުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި، ޚާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރުގެ އިތުރުން އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއަށް ވެސް މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: