ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ޓްރޫ ލޮކްޑައުންއެއް“ ގައި ބޮޑު ޕީކެއް އައުމަކީ ނާދިރު ކަމެއް: ޑރ. އަފްޒަލް

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އޮންލައިންކޮށް ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ވަރުގަދަ ކުރެވިފައިވާ ލޮކްޑައުންއެއްގައި ބޮޑު ޕީކެއް އައުމަކީ ނާދިރު ކަމެއް ކަމަށާއި، އެހެން ނަމަވެސް އެއީ އަޅާނުލާ ދޫކޮށްލަންޖެހޭ ސަބަބެއް ވެސް ނޫން ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.

މާލޭގެ ކޭސްތައް އެއް ދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުންނެވެ. އަދި ކުރިޔަށް އޮތް 14 ދުވަހުގެ ތެރޭގައި މާލޭގެ ހާލަތު ގޯސްވެދާނެ ކަމަށް ވަނީ ލަފާ ކުރެވިފައެވެ. އެއީ، ކުއްލި ގޮތަކަށް ކޭސްތައް ފެންނަ ނިސްބަތް އިތުރު ވުމެވެ. އެގޮތުން އެއް ދުވަހުގެ ތެރޭގައި 6،000 ކޭސް ފެނިދާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

މި އަންދާޒީ ނަންބަރުތަކާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން، ޕްރެސް ކޮންފަރެންސްގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ”ސްޓްރިކްޓް ލޮކްޑައުންއެއް“ ގެ ތެރޭގައި ބޮޑު ޕީކެއް އައުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ. އަދި މާލޭގައި ވަރުގަދަ ފިޔަވަޅުތަކެއް އަޅާއިރު، ކުއްލިގޮތަކަށް ނަމްބަރުތައް އިތުރު ވެގެން ދިއުމުގެ ފުރުސަތު އޮތީ ގިނަ އަދަދެއްގެ ބިދޭސީން އުޅޭ ތަންތަނުން ކަމަށެވެ. އޭގެ ތެރޭގައި ހާލަތު ދަށްކަމަށް ބެލެވި ވަދެ ނިކުތުން މަނާކޮށް މޮނީޓަރިންގެ ހާލަތަށް ގެންނަ ގެތައް ވެސް ހިމެނެއެވެ.

ގިނަ ކޭސްތަކެއް އެއް ފަހަރާ އައިސްދާނެ ކަމަށް ބުނަނީ، މިވަގުތު ހުރި ކްލަސްޓާތަކުން އުފެދިދާނެ ކޭސްތައް ކަމުގައި ޑރ. އަފްޒަލް ވިދާޅުވިއެވެ. ނަމަވެސް، އެ ފުރުސަތު އޮތީ ބޮޑު އެކްސްޕޯޒާއެއް އޮތް ސަރަހައްދު ތަކަށެވެ. އެކަމާއި ގުޅިގެން، ޓެގް ޓީމުން މަޝްވަރާތަކެއް ކުރުމަށްފަހު ވަކި ވަކި އޭރިއާތަކެއް ބަލާ ސާމްޕަލްތައް ނެގުން ކުރިޔަށް ގެންދާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ހައި ރިސްކު އޭރިއާތަކެއް ކަނޑައެޅި މިހާރުވެސް ސާމްޕަލްތައް ނެގުން ކުރިޔަށް ގެންދެއެވެ. އެއީ ބަލީގެ އަލާމާތެއް ނެތި ބަލި ޖެހިފައި ތިބި މީހުންގެ ނިސްބަތް ރާއްޖޭގައި ގިނަ ކަމަށް ދައްކާތީއެވެ. އަލާމާތެއް ނެތި، ބަލި ޖެހުނު މީހުންގެ ނިސްބަތަކީ 41 އިންސައްތައެވެ. 

”ޓްރޫ ޕީކެކޭ އަޅުގަނޑުމެން މި ކިޔަނީ ލޮކްޑައުން އަށް ފަހު، ދޫކޮށްލުމުން ފެތުރިގަންނަ ފެތުރިގަތުމަށް. ލޮކްޑައުންގެ ބޭރުން ފެތުރިގަތުމަށް. އޭރުން މި ބޮޑެތި ކްލަސްޓާތަކުން ފެންނަ ވަރު ގިނަވެދާނެ“ ޑރ. އަފްޒަލް

އޭޕްރިލް މަހުގެ 15 އިން ފެށިގެން މާލެ މިވަނީ ލޮކްޑައުންކޮށްފައެވެ. އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް މީހެއްގެ ފަރާތުން އެންމެ ފުރަތަމަ ބަލި ފެނުނުއިރު، އޭނާއަށް ބަލި ޖެހުނު ގޮތެއް އަދި ނުހޯދެއެވެ.

އެކި ކޭސްތަކާއި ގުޅޭ ކްލަސްޓާތައް ހޯދިފައި ވީ ނަމަވެސް، 39 މީހަކީ އެއީ އިންޑިޕެންޑެންޓް ކޭސްތަކުގެ ގޮތުގައި ފެނިފައިވާ މީހުންނެވެ. ޑރ. އަފްޒަލް ވިދާޅުވީ، މިހާރު ފެންނަމުންދާ ކޭސްތަކަކީ އެހެން މީހަކާއި ކޮންޓެކްޓުވެ ފެންނަމުންދާ ކޭސްތަކެއް ކަމަށެވެ.

މިއީ މަދު ކޭސްތަކެއް ހެން ހީވި ނަމަމެސް، އިތުރު މީހަކާއި ގުޅުމެއް ނެތް ކޭސްއެއް ފެންނަން ފެށުމަކީ، މުޖްތަމައުގެ ތެރޭގައި އެއްވެސް އަލާމާތެއް ނެތި އެހެން މީހުންނަށް ބަލި ފެތުރަމުންދާ ކްލަސްޓާތަކެއް އުޅުން ކަމުގައި ޑރ. އަފްޒަލް ވިދާޅުވިއެވެ.

ރާއްޖޭގައި މިވަގުތު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވާއިރު، މީގެ ތެރޭގައި ހިމެނެނީ ސަވައިލެންސްގެ ދަށުން ބިދޭސީ ކުއާޓަރުތަކުން ނަގަމުންދާ ސާމްޕަލްތަކެވެ. އަދި ބައެއް ދިވެހިންވެސް ޕޮޒިޓިވް ވާއިރު، އެއީ އެހެން ކޭސްތަކާއި ކޮންޓެކްޓު ވެގެން ބަލި ޖެހޭ މީހުންނެވެ.

މިއަދު 45 މީހަކު ބައްޔަށް ޕޮޒިޓިވް ވެ، ރާއްޖޭގެ ޖުމްލަ އަދަދުތައް ވަނީ 618 އަށް އަރާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: