ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެއިން ރަށަށް ދާން އެދުނު 42 މީހަކު ރަށާއި ކައިރި ފެސިލިޓީތަކުގައި ކަރަންޓީނަށް!

ނޭޝަނަލް އިމަޖެންސީ ރެސްޕޮންސް ސެންޓަރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރު މުއްދަތަކަށް މާލެ އައިސް ރަށަށް ނުދެވިފައި ތިބި މީހުންގެ ތެރެއިން ރަށަށް ދާން ބޭނުންވާ 42 މީހަކު ކަރަންޓީން ކޮށްފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ ރެސްޕޮންސް ސެންޓަރު (އެންއޯއީސީ) އިން ބުނެފި އެވެ.

ދަރުބާރުގޭގައި އެންއޯއީސީން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މާލޭގައި ތާށިވެފައި ތިބި މީހުންނަށް އެ މީހުންގެ ރަށަށް ދެވޭނެ އިންތިޒާމުތައް ހަމަޖައްސަމުން ދާ ކަމަށެވެ. އެގޮތުން މިހާތަނަށް ރަށަށް ދާން އެދުނު މީހުންގެ ތެރެއިން 42 މީހަކަށް އެ ހުއްދަ ދޫކުރެވި ރަށްތަކުގެ ކައިރި ކަރަންޓީން ފެސިލިޓީތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ، އެ މީހުންނަށް ރަށަށް ދެވޭނީ ފެސިލިޓީތަކުގައި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން 14 ދުވަސް ފުރިހަމަ ކުރުމަށްފަހު ކަމަށެވެ. ރަށްތަކަށް މީހުން ދިއުމުގެ ހުއްދަ ދިނުމަށްފަހު، އެ މީހުން ކަރަންޓީނުގެ މުއްދަތެއް ހަމަކުރަންޖެހޭ ގޮތަށް ނިންމާފައިވަނީ އެ ރަށެއްގައި އެ މީހަކު ކަރަންޓނު ވެގެން ހުރުމަކީ ފަސޭހަކަމަކަށް ނުވާނެތީ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިވަގުތުގެ އެންމެ ބޮޑު އަމާޒަކީ އެއްވެސް ގޮތަކުން ރަށްތަކަށް ބަލި ފެތުރިޔަ ނުދިނުން ކަމުގައި މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ހުއްދަތައް ދޫކުރުމުގައި ވަކި ކަންތަކަށް އިސްކަން ދޭ ކަމަށެވެ. އެގޮތުން ބޭސްފަރުވާއަށް ކުރު މުއްދަތަކަށް މާލެއަށް އައި ބައެއް މީހުން އޭގެ ތެރޭގައި ހިމެނޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އޭގެ ސަބަބެއްގެ ގޮތުގައި މަބްރޫކް ފާހަގަކުރެއްވީ ގިނަ މީހުންނަކީ ޑެއިލީ ރެންޓަށް ކޮޓަރިތައް ނަގައިގެން ތިބި މީހުންނަށް ވުމެވެ. ނުވަތަ އައިލީ ގެއެއްގައި މަޑުކޮށްގެން ތިބި މީހުން ކަމަށް ވީތީ އެވެ.

މިދިޔަ މަހުގެ 15 ގައި މާލެއިން ކޮވިޑް ފެނުމާއި އެކު، މުޅި މާލެ ވަނީ ލޮކްޑައުންކޮށް އަރާ ފޭބުން މަނާކޮށްފައެވެ. އެއަށްފަހު ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން ވެސް މަނާ ކުރެވިގެން ދިޔައެވެ.

ޖެންޑާ މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު އާންމު ކުރި އިއުލާނުގައި ކުރު މުއްދަތަކަށް ރަށަށް ދާން ބޭނުންވާ ފަރާތްތަކަށް އިސްކަންދޭނެ ތަރުތީބު ވަނީ ބަޔާން ކޮށްފައެވެ. އެ އުލާންގައި ބުނާގޮތުން އިސްކަންދޭ ތަރުތީބުގެ ދަށުން، ރަށަށް ފޮނުމުގައި އެންމެ ފުރަތަމަ ބަލާނީ މިދިޔަ މަހުގެ 1 ވަނަ ދުވަހު ނުވަތަ އޭގެ ފަހުން އެކި ބޭނުންތަކަށް މާލެ އައި މީހުންނަށެވެ.

ޒަރޫރީ ބޭނުންތަކަށް ކުރު ގޮތަކަށް މާލެއަށް އައި މީހުންގެ އަރުން ބޮޑު ހަރަދުތަކެއް ހިނގާކަމުގެ ޝަކުވާތަކެއް ވަނީ އައިސްފައެވެ. އޭގެ ތެރޭގައި ގިނައި އެންސްޕާގެ ދަށުންނާއި، އާސަންދައިގެ އެހީގެ ދަށުން މާލެއައި މީހުންނެވެ. އެހެން ކަމުން މިހާރު އާއްމުކޮށްފައިވާ އުސޫލުގެ ދަށުން އެންމެ ފުރަތަމަ ޕްރައިއޯރިޓީއަކީ އެއީ އެވެ. އަދި ދެވަނަ ޕްރައިއޯރިޓީއަކަށް ވާނީ ބޭސްފަރުވާ ނޫން ކަންކަމުގައި މާލެ އައިސް ތާށި ވީ މީހުންނެވެ. އަދި ރަށަށް ދާން ހުއްދަތަށް އެ މީހުންނަށް ދޫކުރާއިރު މިދިޔަ މަހުގެ 15 އާއި 20 ދެމެދު ރިޓާން ޓިކެޓު ނަގާފައިވާ މީހުންނަށް ބަލާނެއެވެ. ދެން ހިމެނެނޭނީ، ރާއްޖޭން ބޭރުން އައި ކަރަންޓީން މުއްދަތު ހަމަ ކުރި ދިވެހި ދަރިވަރުންނާއި އެ ކުދިން ބަލާއައި އާއިލާގެ މެމްބަރުންނެވެ.

އޭގެ ފަހުން ދެން އިސްކަން ދޭނީ، ރިސޯޓު ބަންދު ކުރުމުން މާލެ އައި މުވައްޒަފުންނަށެވެ.

ރަށަށް ދާން ބޭނުންވާ ފަރާތްތަކުން އެކަން ރިޕޯޓު ކުރަން ޖެހެނީ ޖެންޑާ މިނިސްޓްރީ ނުވަތަ އެރަށެއްގެ ރަށު ކައުންސިލް އިދާރާއަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: