ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްކާއަށް ދޭން އުޅުނު ކަމަށް ބުނާ ހަމަލާ ރައީސް ކުށްވެރިކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ޔަމަނުގެ ހޫތީން މައްކާއަށް ދޭން އުޅުނު ކަމަށް ބުނާ ހަމަލާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފިއެވެ.

ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހޫތީން މައްކާއަށް ދޭން އުޅުނު ޑްރޯން ހަމަލާ ކުށްވެރިކުރައްވާ ކަމަށާއި، އިސްލާމް ދީނުގެ އެންމެ މާތް ބިމުގެ ސަލާމަތާއި ނުރައްކާވާ ފަދަ ކޮންމެ ކަމަކީ މުޅި އިސްލާމީ އުންމަތަށް ވެސް ގަބޫލުނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖެ ދެމި އޮންނާނީ ސައުދީ އަރަބިއްޔާއާއެކު ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ އެ ހަމަލާއިން ދިފާއުވުމަށް ސައުދީގެ ވައިގެ ދިފާއީ ބާރުން ކުރި މަސައްކަތަށް ތައުރީފުކުރައްވައިފައެވެ.

އޭގެ އިތުރުން، އެފަދަ ހަމަލާތައް ހުއްޓާލުމަށާއި، އިތުރަށް މަސްރަހު ގޯސްވެދާނެ ކަންކަމުން ދުރުހެލިވެ، ސުލްހައާއި މަޝްވަރާގެ މަގު އިހްތިޔާރުކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ސައުދީގެ ދިފާއީ އިއްތިހާދުން ނެރުނު ބަޔާނެއްގައި ވަނީ ހޫތީން ފޮނުވާލި ޑްރޯނެއް މައްކާގެ ދެކުނުން ވައިގެ ތެރޭގައި ގޮއްވާލިކަމަށް ބުނެފައެވެ. އަދި އެއާއެކު ސަރަހައްދީ ގިނަ ގައުމުތަކުން ވަނީ އެ ހަމަލާ ކުށްވެރިކޮށްފައެވެ.

އެހެންނަމަވެސް، ޔަމަނުގެ ހޫތީންގެ ތަރުޖަމާނަކު ވަނީ މައްކާއަށް ހަމަލާދޭން އުޅުނު ކަމަށް ބުނާ ވާހަކަ ދޮގުކޮށް، އެއީ ސައުދީން އުފައްދައިގެން ދައްކާ ވާހަކަތަކެއް ކަމަށް ތުހުމަތުކޮށްފައެވެ. އަދި ތަރުޖަމާނު ބުނެފައިވަނީ ހަމަލާތައް އަމާޒުކޮށްފައިވާނީ ހަމައެކަނި ސައުދީގެ ތެޔޮ ކާރުހާނާތަކަށާއި އަސްކަރީ އަމާޒުތަކަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: