ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީން ޤައުމަށް ގެންދިއުމަށް، ސްރީލަންކާ އެއަރލައިންސް ފްލައިޓެއް ފުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މި ވަގުތު ތިބި ބިދޭސީން ޤައުމަށް ގެންދިއުމަށްޓަކައި ސްރީލަންކާގެ އެއަރލައިންސް ފްލައިޓެއް ހަމަޖެހިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުރާސްފަތި ވިލޭރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާއްޖޭގައި މި ވަގުތު ތިބި ފަތުރުވެރިންނާއި، ބިދޭސީ މުވައްޒަފުންނާއި، އެހެނިހެން ފަސިންޖަރުން އެ މީހުންގެ ޤައުމަށް ގެންދިއުމަށްޓަކައި ސްރީލަންކާ އެއަރލައިންސްގެ ފްލައިޓެއް ހަމަޖެހިފައިވާކަމަށެވެ.

މި ފްލައިޓަކީ، ސްރީލަންކާ އެއަރލައިންސްގެ ފްލައިޓް UL 102 ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ.

މި ގޮތުން ފުރުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 10 ވާ އާދިއްތަ ދުވަހުކަމުގައި ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. 

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މި މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 09:35 ގައި ފުރުމަށް ހަމަޖެހިފައިވާ މި ފްލައިޓް ސްރީލަންކާއަށް ބަންޑްރަނަޔަކަ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސާނީ މެންދުރުކުރި 11:30 ގައެވެ.

މި މަހުގެ 10 ގައި މި ފްލައިޓް ފުރުމަށް ހަމަޖެހިފައިވާއިރު، މި މަހުގެ 08 ދުވަހު ޔުކްރެއިންގެ ސްކައިއަޕް އެއަރލައިންސްގެ ފްލައިޓެއް ވެސް ވަނީ،ފަތުރުވެރިންނާއި، ބިދޭސީ މުވައްޒަފުންނާއި، އެހެނިހެން ފަސިންޖަރުން ގޮވައިގެން އެ މީހުންގެ ޤައުމުތަކަށް ފުރާފައެވެ. 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: