ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެއަށް ބަނދަރުކުރި ދޯންޏެއްގެ ފަޅުވެރިއަކު އެޗްޕީއޭގެ ޤަވާއިދާއި ޚިލާފުވެއްޖެ

ފޮޓޯ: ފޯ ސްކެއަރ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެއަށް މަސްކިރުމަށްޓަކައި ބަނދަރުކުރި ދޯންޏެއްގެ ފަޅުވެރިޔަކު އެޗްޕީއޭގެ ޤަވާއިދާއި ޚިލާފުވެއްޖެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ހުޅުމާލެއަށް މަސްކިރުމަށްޓަކައި ބަނދަރުކުރި ދޯނީގެ ފަޅުވެރިޔާ، ހުޅުމާލެއަށް ފައިބައި، އޭނާގެ 

ޢާއިލާގެ މީހުންގެ ގޭގައި އެއް ރޭގައި މަޑުކޮށްފައި،  ހުއްދައެއްނެތި، އއ.ރަސްދުއަށް ގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން އޭނާ އެ ރަށަށް ދިއުމާއެކު  ހައްޔަރުކޮށްފައިވާކަމަށް ވެސް ފުލުހުން ހާމަކުރެއެވެ. ފުލުހުން ބުނިގޮތުގައި، އޭނާ ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައެވެ.

ފުލުހުން ބުމީ އެ މީހާ ފުރައިގެން ދިޔައީ އެޗްޕީއޭއާއި، ރަސްދޫ ޓާސްކްފޯހުގެ ހުއްދައެއްވެސް ނުހޯދާ ކަމަށެވެ. 

ކޮރޯނާ ވައިރަހާއި ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލޭސިޓީގެ އިތުރުން ބައެއް ރަށްރަށް ވެސް ވަނީ ލޮކްޑައުންކޮށްފަ އެވެ. މި ގޮތުން، ހުއްދައެއްނެތި ރަށްރަށަށް އަރައިފައިބާ ހެދުންވަނީ މަނާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: