ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިހިހާހަށްވުރެ މަތީގެ މުސާރަތައް ކުޑަ ކުރަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ވިހިހާހަށްވުރެ މަތީގެ މުސާރަތައް ކުޑަކުރަން ނިންމައި އެކަން އިއުލާންކޮށްފިއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މީގެ ކުރިން ޑެޕިއުޓީ މިނިސްޓަރުންނަށް ވުރެ މުސާރަ ބޮޑު ފަރާތްތަކުގެ މުސާރަ 20 ޕަސެންޓު ކެނޑުމަށް ނިންމާފައިވިޔަސް މިހާރު އެއަދަދު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

އަމީރު ވިދާޅުވީ ދައުލަތުގެ މާލިއްޔަތަށް އިތުރު ބަދަލެއް ނައިސް  މާލިއްޔާގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް އަންދާޒާ ކުރެވޭތީ މުސާރަތަކަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

މި ހާލަތުގައި ސަރުކާރުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ މުސާރާތައް މިވަގުތަށް ރިވިއުކޮށް އެކި މިންވަރަށް އުނިކުރަން ނިންމާފައިވާކަމަށާއި ޑެޕިއުޓީ މިނިސްޓަރުން ފެށިގެން ހުރިހާ މަޤާމުތަކެއްގެ މުސާރަ އުނިކުރާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދައުލަތުން މުސާރަ ދޭ މީހުންގެ ތެރޭގައި 20،000 ރުފިޔާއިން ވުރެ ދަށް މުސާރަ އަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. ނަމަވެސް 20،000 ރުފިޔާއާ 25،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް އަސާސީ މުސާރަ ލިބޭ މީހުންގެ މުސާރަ 20 ޕަސެންޓު އަސާސީ މުސާރައިން ކަނޑާލާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މި ބަދަލާއެކު 10،000ރ. ގެ ބޭސިކް މުސާރައެއް ލިބޭ މުވައްޒަފެއްނަމަ ގެއަށް ގެންދަން އެލަވަންސްތަކާއެކު ލިބޭނީ 25،000ރ. ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”ދައުލަތުން މުސާރަދޭ މުވައްޒަފުންގެ ތެރެއިން 20،000 ރުފިޔާ އަށްވުރެ ދަށުން މުސާރަ ލިބޭ މުވައްޒަފުންގެ މުސާރައަށް ބަދަލެއް ނާންނާނެ. 20،000 ރުފިޔާ އާއި 25،000 ރުފިޔާ އާއި ދެމެދުގެ މުސާރަ ލިބޭ ފަރާތްތަކުގެ ބޭސިކް މުސާރައިން 20 ޕަސެންޓު އުނިކުރާނެ،“ މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ  މުސާރައަށް ބަދަލު އަންނާނީ 20،000-25،000ރ. އާ ދެމެދު މުސާރައިން 25 ޕަސެންޓް، 25،000-60،000ރ އާ ދެމެދުގެ މުސާރަތަކުން 30 ޕަސެންޓް އަދި 60،000ރ. އިން މަތީގެ މުސާރަތަކުން 35 ޕަސެންޓް އުނިކުރާ ގޮތަށް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިކަމުގައި ސަރުކާރު ކުންފުނިތަކުގެ މުވަޒުންނާއި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށެވެ. އަދި ކުނފުނިތަކުން މި ނިންމުން ނިންމާނީ އެތަންތަނުގެ މުވައްޒަފުންނާއި ވާހަކަދެކެވިގެންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މުވައްޒަފުންގެ މުސާރަތައް ކުޑަ ކުރުމަށް ސަރުކާރުން ނިންމާފައި މިވަނީ ކޮވިޑް-19 ގެ ސަބަބުން ދައުލަތަށް ލިބެމުން އަންނަ އާމްދަނީ ބޮޑުތަނުން ދަށަށް ގޮސްފައިވާތީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: