ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިލީފް ލޯނު އަދި ދޫކުރީ 38 ފަރާތަކަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިސާދަށް އައި ލޮޅުމުގެ ސަބަބުން ގެއްލުންވި ކުންފުނިތަކަށް ސަރުކާރުން ދޫކުރާ ރިލީފް ލޯނު 38 ފަރާތަކަށް 70 މިލިއަން ރުފިޔާ ދޫކޮށްފި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ ރިލީފް ފަންޑުގެ ތެރެއިން އެސްއެމްއީ ބޭންކް މެދުވެރިކޮށް 1163 މީހަކު ލޯނަށް އެދިފައިވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 764 ވިޔަފާރި ލޯނާއި، ސެލްފް އެމްޕްލޮއިމަންޓުގެ 403 ލޯނެވެ.

މިނިސްޓަރު ފައްޔާޒް ވިދާޅުވީ ފައިސާ ދޫކުރި 38 ފަރާތުންގެ އިތުރުން އެހެން ފަރާތްތަކަށްވެސް ލޯނުތައް ހަފުތާއެއް ތެރޭގައި ދޫކުރާނެ ކަމަށެވެ. އަދި ކޮވިޑް-19 ވިޔަފާރި އެހީގެ ނަމުގައި ހުށަހެޅި ފޯމުތަކުގެ ތެރެއިން 263 ފަރާތެއްގެ ލޯނު އެޕްރީވްކޮށް، 57 ފޯމެއް ރިޖެކްޓްކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ލޮކްޑައުން އަށް ދިޔުމާ ގުޅިގެން ލޯނުތައް ޕްރޮސެސް ކުރުން ލަސްވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ މަސައްކަތުގައި އުޅޭ ބައެއް މުވައްޒަފުން އައިސޮލޭޝަނަށް ދިޔުމުގެ ސަބަބުންވެސް ލޯނު ޕްރޮސެސް ކުރުމުގައި ލަސްތަކެއް އައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

“ އަޅުގަނޑުމެންނަށް ދޫކުރެވިފައިވަނީ 764 ވިޔަފާރި ލޯނާއި، ސެލްފް އެމްޕްލޯއިމަންޓްގެ 403 ލޯނު. ޖުމްލަ 1163 ލޯނެއް ރިލީފް ފަންޑަށް ވަނީ ލިބިފަ. މިއަދާއި ހަމަތަށް ފައިސާ ދޫކޮށްފައިވަނީ 38 ލޯނަކަށް. އެޕްރޫވް ކުރެވިފައިވަނީ 203 ލޯނަކަށް. 53 ލޯނެއް ރިޖެކްޓް ކުރެވިފައިވާރު ޕްރޮސެސް ކުރެވުނީ %25 އެޕްލިކޭޝަން. އަޅުގަނޑުމެން މަސައްކަތް ކުރަމުންދަނީ ކުރިއަށް އޮތް ހަފްތާގައި މިމަސައްކަތުގެ %90 މަސައްކަތް ނިންމާލުމަށް“ މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ސަރުކާރަކީ އަމިއްލަ ކުންފުންޏެއް ނޫން ކަމަށެވެ. އަދި މިފަދަ ހާލަތެއްގައި ހިލޭ އެހީ ދޭނެ ގާނޫނެއް ރާއްޖޭގައި ނެތް ކަމަށް ވިދާޅުވިއެވެ.

މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް އިތުރު ފުރުސަތު ފަހިކޮށްދިނުމަށް ”ކޮވިޑް 19 ވިޔަފާރި އެހީ“ ގެ ނަމުގައި ފިނޭންސް މިނިސްޓްރީ އާއި ގުޅިގެން އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ތައާރަފުކުރި ލޯނުގެ ގޮތުގައި ދޫކުރަން ނިންމާފައިވަނީ ގިނަވެގެން 500،000 ރުފިޔާ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: