ކޮރޯނާ ވައިރަހަށް އިތުރު 24 މީހަކު ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން (އެޗްޕީއޭއިން) ބުނެފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެޗްޕީއޭއިން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައެވެ.
އެޗްޕީއޭއިން ބުނީ، ބަންގްލަދޭޝްގެ 20 މީހުންނާއި، ދިވެހި 03 މީހުންނާއި، އިންޑިއާ މީހަކާއެކު ޖުމްލަ 24 މީހުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާކަމަށެވެ.
މި 24 މީހުންނާއެކު ރާއްޖެއިން މި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 642 އަށް އިތުރުވެފައެވެ.

