ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: މޭ މަހުގެ ފަހު ދުވަހަކީ ބޮޑު ދުވަހެއް!

ދަރުބާރުގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މި ހިންގާ މޭ މަހުގެ ފަހު ދުވަސް ކަމުގައިވާ 31 ވަނަ ދުވަހަކީ ބޮޑު ދުވަހެއް ކަމަށާއި އެ ދުވަހު ބައްޔަށް ޕޮޒިޓިވް، 1600 އެއްހާ މީހުން ފެނި އަދި އައިސީޔޫއަށް ވެސް ވަރަށް ބޮޑަށް ބާރު ވެގެން ދާނެ ކަމަށް ޑރ.ޝީނާ މޫސާ ލަފާކުރައްވައިފިއެވެ. 

މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ ޝީނާ ވިދާޅުވީ މޭ މަހުގެ 31 ވަނަ ދުވަހު ރާއްޖޭގް ކޮވިޑް-19 ބަލި ޖެހޭ މީހުންގެ އަދަދު ސޯޅަ ސަތޭކައަށް އެރިނަމަވެސް އެދުވަހު ރާއްޖެ އިން ފެންނާނީ 395 ބަލި މީހުން ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެގޮތަށް ދިމާވަނީ އެއީ ރާއްޖޭގައި ޓެސްޓް ކުރުމުގެ ކެޕޭސިޓީ ހުރިވަރުން ކަމަށް ޑރ.ޝީނާ ވިދާޅުވިއެވެ.

ޑރ.ޝީނާ ވިދާޅުވި ގޮތުގައި ރާއްޖެ އިން 77,000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ.

”މިއީ ޕީކްގެ ތެރޭގައި އަޅުގަނޑުމެން ޕްރޮޖެކްޓް ކުރާ ގޮތް. ޕީކް 14 ދުވަހުގެ ތެރޭގައި، އެއީ މެއި 15 އިން 30 މެއިގެ ނިޔަލަށް ޕީކް ކަމަށް މި ބަލަނީ 6804 މީހުންނަށް ބަލި ޖެހޭނެ ކަމަށް. މީގެ އިތުރުން ޕީކްގެ ތެރޭގައި 281 މީހުން ހޮސްޕިޓަލުގައި އެޑްމިޓް ކުރާނެ ކަމަށް، މީގެ އިތުރުން މި ބަލީގައި ޖުމްލަ 13568 މީހުން އެޑްމިޓް ކުރާނެ ކަމަށް. މީގެ އިތުރުން އައިސީޔޫގައި ޕީކްގައި 101 މީހަކު، އަދި މި ބަލީގައި ޖުމްލަ 5805 މީހުން އެޑްމިޓް ކުރާނެ ކަމަށް ބެލެވޭ.“ ޑރ.ޝީނާ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: