ކޮރޯނާ ވައިރަހަށް އިތުރު 6 މީހަކު ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން(އެޗްޕީއޭ) ހާމަކޮށްފިއެވެ.
އެޗްޕީއޭއިން ހުކުރުވިލޭރޭ ކުރި ޓްވީޓެއްގައިވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ.
މި ގޮތުން އެ އޭޖެންސީން ބުނީ، ކޮރޯނާ ވައިރަހަށް 6 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި، އޭގެތެރޭގައި ދިވެހި 2 މީހަކު ވެސް ހިމެނޭކަމަށެވެ.
މީގެ އިތުރުން، ބަންގްލަދޭޝްގެ 2 މީހެއްގެ އިތުރުން، އަވަށްޓެރި އިންޑިއާގެ 2 މީހަކު ވެސް ވައިރަހަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.
މި 6 މީހުންނާއެކު ރާއްޖެއިން މި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ، 648 އަށް އިތުރުވެފައެވެ. މީގެތެރެއިން އެކަކު މިރޭ ނިޔާވެފައިވާއިރު ޖުމްލަ 3 މީހަކު މިހާތަނަށް މި ވައިރަހުގައި ނިޔާވެފައިވާކަމަށް އެޗްޕީއޭއިން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

