ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައިބު ރައީސް، އެޑިއުކޭޝަން މިނިސްޓަރާއި، އެ މިނިސްޓްރީގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި

ފޮޓޯ: އެޑިއުކޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ނައިބު ރައީސް ފައިޞަލް ނަސީމް، އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީއާއި، އެ މިނިސްޓްރީގެ އިސްވެރިންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

އޮންލައިންކޮށް މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި، ނައިބު ރައީސް ވަނީ ކޮރޯނާ ވައިރަހާއި ގުޅިގެން، ކުރިމަތިވެފައިވާ މި ނާޒުކު ހާލަތުގައި، އެޑިއުކޭޝަން މިނިސްޓްރީން ފޯރުކޮށްދެމުންދާ ޚިދުމަތްތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. 

މި ގޮތުން ދަރިވަރުންގެ ކަންކަން ބެލެހެއްޓުމަށްޓަކައި، ކަންކަން އިންތިޒާމުކޮށްފައިވާ ގޮތުގެ މަޢުލޫމާތު ނައިބު ރައީސް ހޯއްދެވިއެވެ.

އަދި މި ހާލަތުގައި ދަރިވަރުންގެ ކިޔެވުމުގެ ކަންކަން ކުރިޔަށްގެންދިއުމަށް ރާވާފައިވާގޮތާއި، އިމްތިހާނުތައް ބޭއްވުމާމެދު ޢަމަލުކުރާނެ ގޮތްތަކާއި، މި ފަދަ ހާލަތެއްގައި ދަރިވަރުންގެ ކަންކަން ބެހެއްޓުމަށް ރާވާފައިވާ އިންތިޒާމުތަކާ ބެހޭގޮތުން ވެސް  މަޝްވަރާކުރެއްވިއެވެ. 

މީގެ އިތުރުން، ނައިބު ރައީސްވަނީ، ޓީޗަރުންނާއި ދަރިވަރުންނާއި،  ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކުރިމަތިވެފައިވާ ދަތިތައް އޮޅުންފިލުއްވާފައެވެ.

އަދި އެޑިއުކޭޝަނުން ކުރިއަށްގެންދާ ޓެލި ކިލާސްތަކާއި،  އޮންލައިން ކިލާސްތައް ރޭވިފައިވާ ގޮތުގެ މަޢުލޫމާތު ވެސް ނައިބު ރައީސް އޮޅުންފިލުއްވެވިއެވެ.

މީގެ އިތުރުން، ނައިބު ރައީސްވަނީ، މި ހާލަތުގައި ތަޢުލީމީ ދާއިރާގެ ހުރިހާ ފަރާތްތަކުން ވެސް މަސައްކަތްކުރަމުންދާއިރު، ގުޅިގެން މަސައްކަތްކުރުމަށާއި،  ކުރިމަތިވާ މައްސަލަތައް ހައްލުކުރުމާއެކު ކަންތައްތައް ކުރިޔަށްގެންދިއުމަށް އެދިވަޑައިގެންފައެވެ.  

ހަމައެއާއެކު ސިއްހީ މާހިރުންގެ އިރުޝާދާ އެއްގޮތަށް ކަންތައްތައް ބައްޓަންކޮށްގެން ކުރިޔަށް ދިއުމަށް ވެސް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި، މިނިސްޓަރު ޢާއިޝަތު ޢަލީއާއި، އެ މިނިސްޓްރީގެ އިސްވެރިން ވަނީ، މި ހާލަތަށްފަހު މަދަރުސާތައް ހުޅުވޭއިރު ކަންކަން ކުރިޔަށްގެންދާނެ ގޮތުގެ ޕްލޭންތަކާއި ބެހޭގޮތުން، ނައިބު ރައީސްއާއި، މަޢުލޫމާތު ޙިއްސާކުރައްވާފައެވެ. 

މި ގޮތުން، މަދަރުސާތައް ހުޅުވޭއިރު އިންތިޒާމުކުރަންޖެހޭ ކަންތައްތަކާއި، ރައްކާތެރިކަމުގެ ގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާ ބެހޭގޮތުން މަަޢުލޫމާތު ހިއްސާކުރެއްވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: