ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓޯޔާޑުގެ ވީޑިއޯއާ ގުޅިގެން ފުލުހުން: ”ސައިކަލުތައް އެއްކުރަމުން ދިޔައީ ކުނީގެ ގޮތުގައި“

ފުލުހުންގެ ޓޯޔާޑުގައި ސައިކަލުތައް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ޓޯޔާޑެއްގެ ތެރޭގައި ސައިކަލުތަކަކަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މަންޒަރު ފެންނަ ވީޑިއޯގައި ފެންނަނީ ކުނީގެ ގޮތުގައި އުކާލަން ތައްޔާރުކޮށްފައި ހުރި އުޅަނދުތަކެއް ކަމަށް ފުލުހުން ބުނެފިއެވެ.

އިއްޔެ ސޯޝަލް މީޑިއާގައި އާންމުކުރި ވީޑީއޯއަކުން ފެންނަނީ ފުލުހުންގެ ޓޯޔާޑެއް ތެރޭގައި ޕިކަޕަކުން ސަައިކަލުތަކެއް ބޭލުމުގެ ތެރޭގައި އެ ޕިކަޕުން ސައިކަލުތައް ބިންމައްޗަށް ވައްޓާލާ މަންޒަރެވެ.

އެކަމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ނެރުނު ބަޔާނެއްގައި ފުލުހުން ބުނެފައިވަނީ، އެ ސައިކަލުތަކަކީ ޓޯކުރުމަށްފަހު ދޫކުރުމަށް ހަމަޖެހިފައިވާ މުއްދަތުގެ ތެރޭގައި އުޅަނދުތަކުގެ ވެރިފަރާތްތަކުން ހަވާލުނުވުމުގެ ސަބަބުން ގާނޫނީ އަދި އިދާރީގޮތުން ފުރިހަމަކުރަންޖެހޭ އެންމެހާ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، ނައްތާލުމަށް ރަސްމީކޮށް ހުއްދަ ދީފައިވާ އުޅަނދުތަކެއް ކަމަށެވެ.

ވީޑިއޯއިން ފެންނަ މަންޒަރަކީ އެ އުޅަނދުތައް ނައްތާލުމަށްޓަކައި ތިލަފުއްޓަށް ކުނީގެ ގޮތުގައި ގެންދިޔުމަށް، ހުޅުމާލޭ ފޭސް 2 އިން ފުލުހުންނަށް އަލަށް ހަމަޖެހުނު ޓޯޔާޑަށް ގެންގޮސް ކުނީގެ ގޮތުގައި އެއް ތަނަކަށް ޖަމާކުރަމުން ދިޔަ މަންޒަރު ކަމަށެވެ.

އެ ސައިކަލުތަކާ މެދު އަމަލުކުރި ގޮތުގެ ސަބަބުން، ރައްޔިތުންގެ މުދަލާމެދު ”އިހާނެތިކޮށް“ އަމަލުކުރި ކަމަށް ބުނެ ފުލުހުންނަށް އެކަމާ ގުޅިގެން ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ފުލުހުންގެ ޓޯޔާޑަށް ގެންދާ ފަހުން ސައިކަލުތައް ނެރޭއިރު، ގެއްލުންވެފައި ހުންނަ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: