މާލޭގައި ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން، ބައްޔަށް ޝައްކުވެ ނެގި ސާމްޕަލްސްތަކުން 25 ސާމްޕަލްްއެއް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
ކޭސްތަކާއި ގުޅޭ މައުލޫމާތު ހިއްސާކޮށް އެޗްޕީއޭއިން ބުނެފައިވަނީ، އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 20 މީހަކާއި5 ދިވެހިން ކަމަށެވެ.
ރާއްޖެއިން ޕޮޒިޓިވްވި މީޙުންގެ އަދަދަު މިހާރު 800 އާ ގާތް ކުރާއިރު، އޭގެ ތެރޭގައި ހިމެނެނީ 548 ބިދޭސީންނާއި 262 ދިވެހިންނެވެ. މިހާތަނަނަށް ވައިރަހުން ރަނގަޅުވެފައިވާ މީހުންގެ އަދަދަކީ، 29 އެވެ. އެއީ 13 ބިދޭސީންނާއި 16 ދިވެހިންނެވެ.9 މީހަކު ރަނގަޅުވީ ކަން ހާމަ ކުރީ މިރޭ ބޭއްވ ިނޫސްވެރިންގެ ބައްދަލުވުމުގައެވެ.

