ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާ ވައިރަސް: އެންމެ ފަހުން ޕޮޒިޓިވްވީ 25 މީހުންނެއްނޫން، 5 މީހުން، ޖުމްލަ އަދަދު 790 އަށް އިތުރުވެއްޖެ

ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާވައިރަހަށް އިތުރު 5 މީހަކު ޕޮޒިޓިވްވެ ރާއްޖެއިން މި ވައިރަސް ޖެހުނު މީހުންގެ ޢަދަދު، ޖުމްލަ 790 އަށް އަރައިފިއެވެ. 

މިނިސްޓްރީ އޮފް ހެލްތުގެ އަޕްޑޭޓްސްތައް ބުނާގޮތުގައި، ހޮނިހިރު ދުވަހުގެ ރޭ މި ވައިރަހަށް ޕޮޒިޓިވްވެފައިވަނީ، 5 މީހުންނެވެ. އެއީ ކޭސް 786އިން ފެށިގެން، 790 އާއި ދެމެދުގެ ކޭސްތައްކަމަށް ވެސް އަޕްޑޭޓްސްގައި ބަޔާންވެފައިވެއެވެ. 

މި ގޮތުން ކޭސް 786 އަކީ، ބަންގްލަދޭޝްގެ 34 އަހަރުގެ ފިރިހެނެއް ކަމަށާއި، ކޭސް 787 އަކީ، ބަންގްލަދޭޝްގެ 25 އަހަރުގެ ފިރިހެނެއްކަމަށް ވެސް އަޕްޑޭޓްސްގައިވެއެވެ.

މީގެ އިތުރުން، ކޭސް 788 އަކީ، ބަންގްލަދޭޝްގެ 28 އަހަރުގެ ފިރިހެނެއްކަމަށާއި، ކޭސް 789 އަކީ، ބަންގްލަދޭޝްގެ 36 އަހަރުގެ ފިރިހެނެއްކަމަށާއި، ކޭސް 790 އަކީ ވެސް ބަންގްލަދޭޝްގެ ފިރިހެނެއްކަމަށް، އަޕްޑޭޓްސްގައި ހާމަކޮށްފައިވެއެވެ.

ނަމަވެސް ހޮނިހިރު ދުވަހުގެ ރޭ، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، 19 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 785 އަށް އެރިކަމަށް މަބްރޫކް ޢަޒީޒުވަނީ ވިދާޅުވެފައެވެ.

އޭގެފަހުން، ހޮނިހިރު ދުވަހުގެ ރޭ މެންދަމު 2:23 ގައި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކުރި ޓްވީޓްގައި، 25 މީހުން ޕޮޒިޓިވްވެފައިވާކަމަށް ހާމަކޮށްފައިވެއެވެ. އެހެންނަމަވެސް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދެއްކަމަށް އޮތީ 790 އެވެ.

މި ގޮތުން، ޕްރެސްގައި މަބްރޫކް ހާމަކުރި ޖުމްލަ ޢަދަދު 785 އަށް، އެޗްޕީއޭގެ ޓްވީޓުގައި ބަޔާންކޮށްފައިވާ 25 މީހުން ހިމަނައިފިނަމަ ޖުމްލަ ޢަދަދު 810  އަށް އަރައެވެ. އެހެންކަމުން މަބްރޫކް ޕްރެސްގައި ބަޔާންކުރެއްވި 785 އަށް 5 މީހުން ހިމަނައިފިނަމަ ޖުމްލަ އަދަދަކަށް ވާނީ 790 އެވެ.

ކޮރޯނާ ވައިރަހުގެ ހާލަތު ދުވަހަކަށްވުރެ ދުވަހަކު ގޯސްވަމުންދާއިރު، ރާއްޖެއިން މި ވައިރަސް ޖެހިގެން 03 މީހަކު ވަނީ ނިޔާވެފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: