ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޮކްޑައުންގެ އަމުރާއި ޚިލާފުވި 591 މީހަކު ޖޫރިމަނާކޮށް، 591,000 ރުފިޔާ ދަޢުލަތަށް!

ފޮޓޯ:ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހޮނިހިރުދުވަހާއި، އޭގެ ކުރީ ދެދުވަހުގައި ލޮކްޑައުންގެ އަމުރާއި ޚިލާފުވެ މަގުމައްޗަށް ނިކުމެ އުޅުނު 591 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ބުނެފިއެވެ.

އެއްވެސް ހުއްދައެއްނެތި މަގުމައްޗަށް ނިކުންނަ މީހުން ޖޫރިމަނާކުރުމަށް ހަމަޖެހިފައިވަނީ، 1000 ރުފިޔާއިންނެވެ. 591 މީހުންނަށް ބަލާއިރު، ފައިސާގެ އަދަދު 591,000 އަރައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ހާމަކުރިގޮތުގައި،  ލޮކްޑައުންގެ އަމުރާއި ޚިލާފުވެ މަގުމައްޗަށް ނިކުމެ އުޅުނު 201 މީހަކު އިއްޔެ ޖޫރިމަނާކޮށްފައިވެއެވެ. އަދި 9 މީހަކު ހައްޔަރުކޮށްފައިވާކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

މީގެ އިތުރު، މާލޭސިޓީ ލޮކްޑައުން ކުރިފަހުން މިހާތަނަށް ޖުމްލަ 180 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ލޮކްޑައުންގެ އަމުރާއި ޚިލާފުވެގެން 201 މީހަކު އިއްޔެ ޖޫރިމަނާކޮށްފައިވާއިރު، މި އަމުރާއި ޚިލާފުވި 220 މީހަކު ހުކުރު ދުވަހު ޖޫރިމަނާކޮށްފައިވެއެވެ. މި ގޮތުން ބަލާއިރު، ބުރާސްފަތި ދުވަހު 170 މީހަކު ޖޫރިމަނާކޮށްފައިވެއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: