ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހަށް ސިއްރުން ދައުލަތުގެ އަގުހުރި މުދާ ވިއްކައި ނުވަތަ ކުއްޔަށް ދޫކުރެވިގެން ނުވާނެ: ޑރ. ޝަމްހީދު

ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހަށް ސިއްރުން ދައުލަތުގެ އަގުހުރި މުދާ ވިއްކައި ނުވަތަ ކުއްޔަށް ދޫކުރެވިގެން ނުވާނެ ކަމަށް މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ޝަމްހީދު ވިދާޅުވީ ފުށިދިއްގަރު ފަޅާއި އެނބޫދޫ ފަޅަކީ ރާއްޖޭގެ މުސްތަޤުބަލުގެ ތަރައްޤީއާ ގުޅިފައިވާ، ޤައުމުގެ އެންމެ އަގުބޮޑު ދެ ރައުސްމާލު ކަމަށެވެ. އޭރަކު ވެރިކަމުގައި ހުންނަ ފަރާތަކަށް އެކަނި އިޚްތިޔާރު ލިބިގެން، މިފަދަ މުހިންމު ސަރަޙައްދުތައް ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ޝަމްހީދު ވިދާޅުވިއެވެ.

ޝަމްހީދު ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އެންމެ މަތީ ޒިންމާ ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާއިރު، މަޖިލީހަށްވެސް ސިއްރުން ދައުލަތުގެ އަގުހުރި މުދާ ވިއްކައި ނުވަތަ ކުއްޔަށް ދޫކުރެވިގެން ނުވާނެ ކަމަށެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ބިން ހިއްކުމަށްފަހު، އެ ބިން ހިއްކުމަށް ދިޔަ ޚަރަދުވެސް ދައުލަތަށް އަނބުރާ ނުލިބޭ ގޮތަށް ހަދާ އެފަދަ އެއްބަސްވުންތަކުގެ ޤާނޫނީ ޞައްޙަކަމާމެދު ބޮޑެތި ސުވާލުތަކެއް އުފެދޭ ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

ޝަމްހީދު ވިދާޅުވީ ހުޅުމާލޭގެ ބިމުގެ އަގުތަކަށް ބަލާއިރު، މި ބިންތަކުގެ އަގު ގާތްގަނޑަކަށް 10 ބިލިއަނާއި 17 ބިލިއަން ޑޮލަރާ ދެމެދުގެ ޢަދަދަށް އަރާ ކަމަށާއި ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށް މިފަދަ ބޮޑެތި އިންވެސްޓްމަންޓްތައް ނުހަނު ބޭނުންތެރި ކަމަށެވެ. އެކަމަކު، ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާ ލިބޭގޮތަށް އަދި ދައުލަތަށް ގެއްލުންވާ ގޮތަށް އެކުލާވާލާ އެފަދަ އެއްބަސްވުންތަކަށް ނޫނެކޭ ބުނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމްހީދު މިހެން ވިދާޅުވެފައިވަނީ އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރު، އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ކުރިއަށް ގެންދަން ސޮއިކޮށްފައި ވަނިކޮށެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ހިންގަން ހުށަހެޅުނު ބޭރުގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް މަޝްރޫއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: