ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރިވަރުންގެ އުނގެނުމުގެ ޙައްޤު ކަށަވަރުކުރުމަށް ދައުލަތާއި ބެލެނިވެރިންނަށް ގޮވާލަން :އެޗްއާރުސީއެމް

ކުޑަކުދިންތަކެއް ކުޅުމުގައި: ފޮޓޯ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރަންޖެހިފައި މިވަނީ ކޮވިޑް-19 ބަލިމަޑުކަން މުޅި ދުނިޔެ ތަޙައްމަލުކުރަމުންދާ ޙާލަތުގައި ކަމަށްވާއިރު  މަދަރުސާތަކާއި ތަޢުލީމުދޭ އެހެނިހެން މަރުކަޒުތައް ބަންދުކޮށްފައިވާ މި ދަނޑިވަޅުގައި ދަރިވަރުންގެ އުނގެނުމުގެ ޙައްޤު ކަށަވަރުކުރުމަށް ދައުލަތާއި ބެލެނިވެރިން ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އިން ގޮވާލައިފިއެވެ. 

ދިވެހިރާއްޖޭގައި މޭ މަހުގެ 10 ވަނަ ދުވަސް ފާހަގަ ކުރަނީ ގައުމީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައެވެ. ދުވަހުގެ މުނާސަބަތުގައި އެޗްއާރުސީއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ގޭގައި ކުދިން ހޭދަ ކުރާ ވަގުތަކީ އުފާވެރި، އެކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުވެގެންދާނެ ގޮތަކަށް ކަންކަން ރޭވިފައިވާ ވަގުތުތަކަށް ހެދުމަށް ވަނީ އިލްތިމާސްކޮށްފައެވެ. 

މި ޙައްޞާޞީ ދަނޑިވަޅުގައި، ޚާއްޞަ އެހީއާއި ރައްކާތެރިކަން ބޭނުންވާ ކުދިންނަށް ޢާއިލާއިންނާއި ދައުލަތުން ފޯރުކޮށްދޭންޖެހޭ ޙައްޤުތަކާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާއްޞަ އަހައްމިޔަތުކަމެއް ދިނުމުގެ މުހިންމުކަން އެޗްއާރުސީއެމްއިން ވަނީ  ފާހަގަކޮށްފައެވެ.

އެގޮތުން، އެފަދަ ކުދިންނަށް ބޭނުންވާ ޞިއްޙީ އަދި އެހެނިހެން އަސާސީ ކަންކަން ފުރިހަމަ ކުރެވޭނެ ހަރުދަނާ ނިޒާމެއް ވީހާވެސް އަވަހަށް ޤާއިމުކުރުމަށް އެޗްއާރުސީއެމްއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއަކަށްވީ ހިނދު، ކުޑަކުއްޖަކަށް އަނިޔާ ލިބޭކަން އެނގޭނަމަ ލަސްނުކޮށް އެކަން ކަމާބެހޭ ފަރާތްތަކަށް ވީހާވެސް އަވަހަށް ރިޕޯޓުކުރުމަށް އެޗްއާރުސީއެމްއިން ވަނީ ގޮވާލާފައެވެ. އަދި ކުޑަކުދިންނާ ގުޅުންހުރި ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި، އެކުދިންގެ ކަރާމާތަށް އުނިކަން ނާންނާނެ ގޮތަކަށް ރިޕޯޓުކުރުމަށް އެންމެހާ ފަރާތްތަކަށް އެޗްއާރުސީއެމްއިން ވަނީ ނަޞޭހަތްތެރިވެފައެވެ. 

ކުޑަކުދިންގެ ދުވަސް ޤައުމީ ފެންވަރެއްގައި ފާހަގަކުރުމުގެ ބޭނުމަކީ ކުޑަކުދިންގެ ޙައްޤުތަކަށް މުޖުތަމަޢު ހޭލުންތެރިކޮށް، ޤާނޫނީ ގޮތުން އެކުދިންނަށް ލިބިދޭ ރައްކާތެރިކަމާ  އެންމެހާ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ބާރުއެޅުމާއި، އެ ކުދިންނަށް ބޭނުންވާ އެކަށޭނަ ތަޢުލީމާއި ތަރުބިއްޔަތުދީ، އަމާން ވެށްޓެއް ޤާއިމްކުރުމަށް މަސްޣޫލުވާ ފަރާތްތަކުގެ ޒިންމާ ހަނދާންކޮށްދިނުމާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ކުޑަކުދިންނަށް ހެދިބޮޑުވެވޭނެ މާޙައުލެއް ފަހިކޮށްދިނުމަށް މަސައްކަތްކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: