ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްއޭގެ ދިރާސާ ފަންޑުގެ ދަށުން ދޫކުރާ 5 މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި

އެމްއެމްއޭ ބިލްޑިންގ/ފޮޓޯ: ކޯޕަރެޓް މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ދިރާސާ ފަންޑުގެ ދަށުން ޖުމްލަ 5 މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ފަންޑުގެ ދަށުން މައިގަނޑު ގޮތެއްގައި ދޫކުރުމަށް ހަމަޖެހިފައިވަނީ އިންޑިޕެންޑެންޓް ދިރާސާ އެހީ އަދި ފޮތް ލިޔުމުގެ އެހީއެވެ. މި އެހީއަށް އަމިއްލަ ފަރުދުންނާއި، ތަޢުލީމީ މުއައްސަސާތައް އަދި ތިންކް ޓޭންކުތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ނަމަވެސް، ޕްރޮޕޯސަލް ހުށަހަޅާ ޓީމުގެ ލީޑަރުގެ ކިބައިގައި މަދުވެގެން މާސްޓާސް ޑިގްރީއެއް އޮންނަން ޖެހޭނެ ކަމަށް އެމްއެމްއޭއިން ބަޔާންކުރެއެވެ.

މި އެހީ މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ދާއިރާއަށް މުހިންމު ދާއިރާތަކަށެވެ. އޭގެ ތެރޭގައި އިޤްތިޞާދީ ހަމަޖެހުން، މަނިޓަރީ ސިޔާސަތު، ފިންޓެކް އަދި އިސްލާމީ މާލިއްޔާތު ފަދަ ދާއިރާތައް ހިމެނެއެވެ.

އެމްއެމްއޭގެ ދިރާސާ ފަންޑުގެ މި އެހީއަށް ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 13 ވަނަ ދުވަހެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: