ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކޭމްތަކުގައި ގެއްލުނު 15.6 މިލިއަންގެ ތެރެއިން 6 މިލިއަން ރުފިޔާ ވަނީ ހޯދާފައި: ފުލުހުން

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ މިހާތަނަށް ސްކޭމްތަކުގައި ގެއްލުނު ފައިސާގެ އަދަދު 15.6 މިލިއަނަށް އަރާ ކަމަށާއި އޭގެން ހޯދިފައިވަނީ ހަ މިލިއަން ރުފިޔާ ކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނެފިއެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޓި-ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ، މި އަހަރުގެ މިހާތަނަށް 1،584 ސްކޭމްގެ މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަތަކުގެ ޝިކާރަކަށް 1،580 ދިވެހީން ވެފައިވާ ކަމަށެވެ. އެ މައްސަލަތަކުގައި 15.6 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށާއި އޭގެ ތެރެއިން، ފުލުހުންނަށް ހޯދިފައިވަނީ، ހަ މިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަވީދު ވިދާޅުވީ، އެއީ ސްކޭމްތަކުގައި ގެއްލުނު ފައިސާގެ 44.3 ޕަސެންޓު ކަމަށެވެ. އަދި އެއީ ދުނިޔޭގެ ނިސްބަތުން ވެސް ރަނގަޅު ނަތީޖާއެއް ކަމަށް ވިދާޅުވިއެވެ.

ސްކޭމްގެ ރިކަވަރީ 40 ޕަސެންޓުގައި އޮތް އިނގިރޭސިވިލާތާއި އެމެރިކާއަކީ ރާއްޖެއާ ކިރިޔާވެސް ވާދަކުރެވޭ ގައުމުތައްކަން ފާހަގަކުރައްވައި ނަވީދު ވިދާޅުވީ، އެ ތަންތަނުގައި ހިނގާ ސްކޭމްގައި މުޅި އެކައުންޓުގެ ބާރު ސްކޭމަރުގެ އަތް ދަށަށް ދާ ހާލަތުގައި ބެންކުން އެ ފައިސާ އެއްކޮށް އަނބުރާ ދޭ ކަމަށެވެ.

މި އަހަރުގެ މިހާތަނަށް ސްކޭމްތަކުގައި ފައިސާގެ ގެއްލުނު މީހުންގެ ތެރެއިން 852 މީހުންނަށް ވަނީ ފައިސާ އެއްކޮށް ރައްދުކޮށްފައެވެ. އަދި، 320 މީހުންގެ ގެއްލުނު ފައިސާއިން ބައެއް ފުލުހުން ވަނީ ހޯދައި އަނބުރާ ރައްދުކޮށްދީފައެވެ.

ސްކޭމްގެ ރިކަވަރީ 40 ޕަސެންޓުގައި އޮތް އިނގިރޭސިވިލާތާއި އެމެރިކާއަކީ ރާއްޖެއާ ކިރިޔާވެސް ވާދަކުރެވޭ ގައުމުތައްކަން ފާހަގަކުރައްވައި ނަވީދު ވިދާޅުވީ، އެ ތަންތަނުގައި ހިނގާ ސްކޭމްގައި މުޅި އެކައުންޓުގެ ބާރު ސްކޭމަރުގެ އަތްދަށަށް ދާ ހާލަތުގައި ބެންކުން އެ ފައިސާ އެއްކޮށް އަނބުރާ ދޭ ކަމަށެވެ.

ނަވީދު ވިދާޅުވީ، އާންމުކޮށް ރާއްޖޭގައި ސްކޭމްތައް ހިންގަނީ، އޮންލައިން ވިޔަފާރީގެ ތެރެއިން މުދަލެއް ނުވަތަ ޚިދުމަތް ބަލައިގަތުމުގެ ތެރެެއިން ކަމަށެވެ. އެގޮތުން، މި އަހަރުގެ މިހާތަނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 821 މައްސަލައަކީ، އީކޮމާސްގެ ސްކޭމްތައްކަން އޭނާ ފާހަގަކުރެއްވިއެވެ. ދެވަނައަށް އެންމެ ގިނައީ ކަރަންސީ އެކްސްޗޭންޖުގެ ސްކޭމްކަމަށް ވާއިރު، އެ ބާވަތުގެ 244 މައްސަލަ ހުށަހަޅާފައިވެއެވެ.

މީގެއިތުރުން، ޝަޚުސުއޮޅުވާލުމުގެ 213 މައްސަލައާއި ބުކިން ކެންސަލޭޝަން ސްކޭމްގެ މައްސަލަތައް ވެސް މި އަހަރުގެ މިހާތަނަށް ވަނީ ހުށަހަޅާފައެވެ.

އޭނާ ވިދާޅުވީ، ސްކޭމްގެ މައްސަލަތަކުގައި ފައިސާ ދައުރުކުރި 2،803 އެކައުންޓެއް 48 ގަޑިއިރަށް ފްރީޒްކުރި ކަމަށާއި އޭގެ ތެރެއިން 530 އެކައުންޓެއް ކޯޓު އަމުރެއްގެ ދަށުން ތިން މަސް ދުވަހަށް ފްރީޒްކުރި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: