ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް19 އަށް ޕްޒިޓިވްވި 12 މުވައްޒަފުންނާ ކޮންޓެކްޓްވި މުވައްޒަފުން ވަނީ ހޯދިފަ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އަޅާފަ :އޭޑީކޭ

އޭޑީޚޭ ހޮސްޕިޓަލް
ޝެއާރކޮށްލާ ކަހަލަދޯ؟

އޭޑީކޭ ހޮސްޕިޓަލްގެ މުވައްޒަފުންގެ ތެރެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި 12 މުވައްޒަފުންނާއި ކޮންޓެކްޓްވި މުވައްޒަފުން ހޯދިފައިވާ ކަމަށާއި އަދި ހޮސްޕިޓަލުން ފަރުވާ ހޯދަން އަންނަ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އަޅަން ޖެހޭ ހުރިހައި ފިޔަވަޅެއް ވެސް އަޅަމުންދާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ. 

އޭޑީކޭ ހޮސްޕިޓަލުން ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ސަޕޯޓް ސްޓާފުންގެ ގޮތުގައި މަސައްކަތް ކުރާ 12 ބިދޭސީންނެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ ނޭޕާލާއި ބަންގްލަދޭޝް މީހުންނެވެ. 

އެކަމާއި ގުޅިގެން އޭޑީކޭގެ ފަރާތުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ އޭޑީކޭ ހޮސްޕިޓަލްގެ ހުޅުމާލެ އެކޮމޮޑޭޝަން އަށް ކޮވިޑް19 ފޯރައި އެތަނުގައި ދިރިއުޅޭ 12 ބިދޭސީ މަސައްކަތު މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އަދި އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އޭޑީކޭގެ ބަޔާނުގައި ވަނީ ބުނެފައެވެ. 

އޭޑީޚޭ ހޮސްޕިޓަލުން ހާމަކުރި ގޮތުގައި ކޮވިޑް19 އަށް ޕޮޒިޓިވްވި މުވައްޒަފުންނާއި ކޮންޓެކްޓްވި ފަރާތްތަކުގެ ތަފްސީލް ހޯދާ އެ ފަރާތްތައް ޓެސްޓް ކުުރުމުގެ މަސައްކަތް އެޗްޕީއޭއިން ގެންދަނީ ކުރަމުންނެވެ. އަދި އަޅަން ޖެހޭ ރައްކާތެރި ކަމުގެ ހުރިހައި ފިޔަވަޅެއް ވެސް އަޅަން ފަށާފައިވާކަން އެޑީކޭގެ ބަޔާނުގައި ވަނީ ހާމަކޮށްފައެވެ. 

މީގެއިތުރުން އޭޑީކޭގެ ބަޔާނުގައި ބުނެފައި ވަނީ ހޮސްޕިޓަލުގެ އެތެރޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު ރައްޔިތުންނަށް ރައްކާތެރި ކަމާއިއެކު ހިދުމަތް ފޯރުކޮށްދިނުމުގައި ހީވާގި ކަމާއި ހިތްވަރާއިއެކު މުވައްޒަފުން ދައްކަމުންދާ ނަމޫނާއާއިއެކު ރައްޔިތުންގެ ހިދުމަތުގައި އޭޑީކޭ ހޮސްޕިޓަލް މާތްﷲ ގެ ވާގިފުޅާއިއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ހުރިހައި ރައްޔިތުންނަށް ވެސް އަރުވާ ކަމަށެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: