ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައޮރަހަށް އިތުރު27 މީހަކު ޕޮޒިޓިވްވެ ރާއްޖެއިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީޙުންގެ ޖުމްލަ އަދަދު 862 އަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވިޓެއްގައި ބުނީ ކޮރޯނާ ވައިރަހަށް މިއަދު ޕޮޒިޓިވްވީ ބަންގްލަދޭޝްއަށް ނިސްބަތްވާ 18 މީހުންނާއި، އަދި 9 ދިވެހިން ކަމަށެވެ.
https://twitter.com/HPA_MV/status/1259759961673998336
ރާއްޖެއިން މިހާތަނަށް ކޮރޯނާ ވައިރަހަށ ް862 މީހުން ޕޮޒިޓިވްވެފައިވާއިރު މިހާތަނަށް ބައްޔަށް ފަރުވާދެވި ބަލިން ރަނގަޅުވެފައި ވަނީ 29 މީހުންނެވެ. އަދި މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި ގިނަ މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލަން ޖެހެއެވެ.
ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވާ މީހުން އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާއިރު ކޮރޯނާ ވައިރަހާއި ގުޅިގެން މި މަހުގެ 14 ވަނަ ދުވަހާއި ހަމައަށް މާލެ ލޮކްޑައުން ކުރުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. އަދި ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ޑިރެކްތަރ ޖެނަރަލް އޮފް ޕަބްލިކް ހެކްތް ވަނީ ނިންމަވާފައެވެ.

