ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފުށީ ޖަލުން ނެގި 22 ސާމްޕަލެއް ނެގެޓިވް: އިމްރާން

ޝެއާރކޮށްލާ ކަހަލަދޯ؟

މާފުށީ ޖަލުން ނެގި 38 ސާމްޕަލްގެ ތެރެއިން 22 ސާމްޕަލްއެއްގެ ނަތީޖާ ލިބިފައިވާ އިރު އެ ހުރިހާ ނަތީޖާއެއްވެސް ނެގަޓިވް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ މާފުށީ ޖަލުން ނެގުނު ސާމްޕަލްތައް ނެގިޓިވްވެ، ޖަލުގައި ކޮވިޑް-19 ނެތް ކަމުގެ އުއްމީދު ކުރައްވާ ކަމަށެވެ.

ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަސް މާފުށީގެ ޖަލުގައިވޭތޯ  ބަލަން ބައެއް ގައިދީންނާއި އޮފިސަރުންގެ ސާމްޕަލްތައް ވަނީ ނަގާފައެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ގުޅިގެން ހިންގި ޕްރޮގްރާމްގައި 15 ގައިދީއަކާއި 23 އޮފިސަރެއްގެ ސާމްޕަލް ނަގާފައިވެއެވެ. ސާމަޕްލް ނެގީ ރެންޑަމްކޮށް، ޖަލުގެ އެކި ޔުނިޓުތަކުން ހޮވި ގައިދީންނާއި އެކި ދާއިރާތަކުގައި މަސައްކަތް ކުރާ އޮފިސަރުންގެ ގައިންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިމްރާމް އިތުރަށް ވިދާޅުވީ ޖަލުތަކުގެ ކެޕޭސިޓީ އަށް ވުރެ ގިނައިން މީހުން ތިބިކަން އެއީ އެންމެންނަށް ވެސް އެނގޭ ކަމެއް ކަމަށެވެ. އަދި އެކަމަށް ހައްލެއް ގެނައުމުގެ މަސައްކަތްތަކުގެ ފެށުން އައި ވަގުތު ކޮވިޑްގެ މި ކަންކަން ފެށުމުން މިވަގުތު އެކަން މަޑުޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

ޖަލުތަކުގައި ބައިތިއްބަން ނުޖެހޭ މީހުން ޖަލުން ނެރުމަށް މި ސަރުކާރުން އިސްކަން ދޭ ކަމަށާއި ޕެރޯލްގެ ތެރެއިން ވެސް މީހުން ދޫކޮށްލުމާއި އަދި ޕެރޯލް އިން ފުރުސަތު ދިނުމަށް ޓަކައި ޕްރޮގްރާމްތައް ވެސް ހިންގަމުން ގެންދާ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: