ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާ ވައިރަސް: އިތުރު 35 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 897 އަށް އިތުރުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަހަށް އިތުރު35  މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 897  އަށް އިތުރުވެއްޖެއެވެ. 

އެޗްޕީއޭއިން މިއަދު ކުރި ޓްވީޓެއްގައިވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ.

މި ގޮތުން އެ އޭޖެންސީން ބުނީ، ކޮރޯނާ ވައިރަހަށް 35 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި، އޭގެތެރޭގައި ދިވެހި 14 މީހަކާއި، ބަންގްލަދޭޝްގެ 14 މީހަކު ވެސް ހިމެނޭކަމަށެވެ.

މީގެ އިތުރުން، އިންޑިއާ 7 މީހަކު  ވެސް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު، ރާއްޖެއިން ކޮރޯނާ ވައިރަހަށް އެންމެ ގިނައިން ޕޮޒިޓިވްވެފައިވަނީ، ބަންގްލަދޭޝްގެ މީހުންނެވެ. މި ގޮތުން ބަލާއިރު، އެ ޤައުމުގެ 492 މީހަކު މިހާތަނަށް ޕޮޒިޓިވްވެފައިވެއެވެ. 

މީގެ އިތުރުން ރާއްޖެއިން މި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ، 302 އަށް އިތުރުވެފައެވެ. ހަމަ އެހެންމެ މިއަދު ޕޮޒިޓިވް މީހުންގެތެރޭގައި ހިމެނޭ އިންޑިއާގެ 7 މީހުންނާއެކު، ރާއްޖެއިން ޕޮޒިޓިވްވި އެ ޤައުމުގެ މީހުންގެ އަދަދު މިވަނީ 70 އަށް އިތުރުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: